





.jpeg?w=3840&q=75)


-
އެކި ސަބަބުތަށް ދިމާވެގެން ނުފުރި ތިބި 164 ޢުމްރާވެރިން މިރޭ އުމްރާއަށް ފުރޭގޮތް ސަރުކާރުން ހަމަޖައްސައިދީފި އެވެ.
އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު މިޑީއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ޢުމްރާއަށް ފުރުމުގައި އެކި ސަބަބުތަށް ދިމާވެގެން ނުފުރުނު 164 ޢުމްރާވެރިން މިރޭ ޢުމްރާއަށް ފުރޭ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ފަރާތުން މިކަމަށްޓަކައި މޯލްޑިވިއަންގެ ފްލައިޓެއް ޗާޓަރ ކޮށްފައިވާ ކަމަށާއި މައްކާގެ އިންތިޒާމްތައް ވެސް މިހާރު ހަމަޖެހިފައިވާ ކަން ވަޒީރު ހާމަކުރެއްވި އެވެ.
ވަޒީރު ވަނީ މި އިންތިޒާމުތައް ހަމަޖައްސައިދެއްވުމާއި ގުޅިގެން ހައްޖު ކޯޕަރޭޝަނަށާއި މޯލްޑިވިއަންނަށް ޝުކުރު ދަންނަވާފައި އެވެ.
އަދި ރައީސް ޑރ މުޙައްމަދު މުޢިއްޒު މިކަން ހައްލު ކުރެއްވުމަށް ދެއްވި އަހައްމިއްޔަތަށްޓަކައި ވެސް އެމަނިކުފާނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާފައި އެވެ.



