%20(1).jpg?w=3840&q=75)



.jpg?w=3840&q=75)




ރާއްޖެއަށް ވަޒަންތަކެއް ހިފައިގެން އައި އެމެރިކާގެ ރައްޔިތަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެމެރިކާގެ ރައްޔިތެއް ކަމަށްވާ ކޮބޯލޯ ބްރިޓެއިން ޓައިލާ ރާއްޖެ އައީ މިދިޔަ އާދިއްތަ ދުވަހު ކަމަށެވެ. އަދި އޭނާ ރާއްޖެ އައިއިރު އޭނާގެ ލަޖެގުން ވަޒަން އަޅާފައިވާ މެގަޒިނެއް ފެނުނު ކަމަށެވެ.
އެހެންވެ ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން އޭނާ 10 ދުވަހަށް ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ރާއްޖެއަށް ހަނގުރާމަވެރި ހަތިޔާރާއި ވަޒަނާއި ގޮވާތަކެތި ގެނައުމަކީ ބޮޑު އަދަބު ލިބޭ ކުށެކެވެ.
%20(1).jpg?w=3840&q=75)



.jpg?w=3840&q=75)