


%20(3).jpeg?w=3840&q=75)




މާލެ
މާލެ ހިޔާ 1 ވަނަ ފްލެޓްގެ 5 ވަނަ ފަންގިފިލާއިން މީހަކު ވެއްޓިގެން ފަރުވާދޭން ފަށައިފި އެވެ.
ފުލުހުން ބުނީ ފްލެޓުން މީހަކު ވެއްޓިފައިވާކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 06:50 ހާއިރު ކަމަށެވެ.
ވެއްޓިފައިވަނީ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ. އަދި އެ މީހާ ވެއްޓިފައިވަނީ އެ އެ އިމާރާތުގެ 5 ވަނަ ފަންގިފިލާއިން ކަމަށް ފުލުހުން ބުންޏެވެ.
ވެއްޓުނު މީހާއަށް ފަރުވާދެމުންދަނީ އައިޖީއެމްއެޗްގަ އެވެ. ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.



%20(3).jpeg?w=3840&q=75)
