







-
މޯލްޑިވްސް ޕޮލިޓެކްނިކް އަދި ދިވެހިބޭސްވެރިންގެ ޖަމިއްޔާއާއި އިން މަސައްކަތްތެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން ޚާއްސަ ބަދަލުވުމެއް ބާއްވައިފިއެވެ.
މި މަޝްވަރާ ބައްދަލުމުގައި، ދިވެހިބޭސްވެރިކަމުގެ ދާއިރާއިން ޕޮލިޓެކްނިކްގައި މިވަގުތު ކުރިއަށްގެންދާ ކޯސްތަކާއި، މުސްތަޤްބަލުގައި ކުރިއަށްގެންދާނެ ކުރު އަދި ދިގު މުއްދަތުގެ ކޯސްތަކާއި ގުޅިގެން ވަނީ މަޝްވަރާކުރެވިފައެވެ.
އަދި ދިވެހިބޭސްވެރިކަމުގެ ދާއިރާއިން ތަމްރީނުވާ ދަރިވަރުންގެ އަދަދު އިތުރުކުރުމަށް ކުރެވެންހުރި އެކި މަސައްކަތްތަކުގެ މައްޗަށް މި ބައްދަލުވުމުގައި ވަނީ އަލިއަޅުވައިލެވިފައެވެ.
ދިވެހިބޭސްވެރިކަން ފަދަ ނެތެމުންދާ ފަންނުތައް ދިރުވާ ޢާލާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒުގެ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. އެގޮތުން، މިފަދަ ދާއިރާތަކުގެ ތަމްރީނުތައް ފުޅާ ދާއިރާއެއްގައި ދިވެހިރާއްޖޭގައި ކުރިއަށްގެންދިޔުމަށް މޯލްޑިވްސް ޕޮލިޓެކްނިކްގެ ފަރާތުން އަންނަނީ އެތަށް މަސައްކަތްތަކެއް ކުރިއަށްގެންދަމުންނެވެ.






-1765079250590.jpeg?w=3840&q=75)
