







--
ފަންނިއްޔާތުގެ ދާއިރާއިން ޒުވާނުން ތަމްރީނުކުރުމަށް މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް އިންފޮމޭޝަން އެންޑް އާރޓްސް އާއި މޯލްޑިވްސް ޕޮލިޓެކްނިކްއާއެކު އެމްއޯޔޫއެއްގައި ސޮއި ކޮށްފިއެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަލީ ޝައްމާންއެވެ. އަދި މޯލްޑިވްސް ޕޮލީޓެކްނިކްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ ޒިދުނާ ވަހީދުއެވެ.
މި އެމްއޯޔޫގެ ދަށުން ޒުވާނުން ތަމްރީނުކުރެވޭ ދާއިރާތަކުގެ ތެރޭގައި ކޯޑިންގ އަދި ޕްރޮގްރާމިންގ އާއި ކޮމްޕިއުޓަރ ހާރޑްވެއަރ އެންޑް ނެޓްވޯކިންގ އާއި އާޓިފިޝަލް އިންޓެލިޖެންސް އަދި ސައިބަރ ސެކިއުރިޓީ ހިމެނެއެވެ.
މީގެ އިތުރުން ރޮބޮޓިކްސް އާއި ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީގެ އިތުރުން ޑިޖިޓަލް މާކެޓިންގގެ އަދި ގްރެފިކްސް ޑިޒައިން އަދި ކޮންޓެންޓް ކްރިއޭޝަން ހިމެނެއެވެ.
ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމާއިއެކު ފަންނިއްޔާތުގެ ދާއިރާއިން ހުނަރުތައް ތަރައްޤީކުރުމަށް ޕޮލިޓެކްނިކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.






-1765079250590.jpeg?w=3840&q=75)
