
-
ލަންކާގެ އަވަށެއްގައި ކޮތަރެއްގެ މައްސަލައެއްގައި ފެށުނު ޒުވާބެއް ހަމަނުޖެހުމަކަށް ބަދަލުވެ އެކަކު މަރުވެއްޖެ އެވެ.
ލަންކާގެ ނިއުސްވަޔާއިން ރިޕޯޓުކުރާ ގޮތުގައި މި ހާދިސާ ހިނގީ ލަންކާގެ ޕެލިޔަގޯޑާގެ މީގަހަވައްޓާ ސަރަހައްދުގައި އެވެ. މި ހަމަނުޖެހުމަކީ ކޮތަރުތަކެއްގެ މައްސަލައެއްގައި ފެށުނު ޒުވާބެއްކަމަށް ރިޕޯޓުކުރި ނަމަވެސް މާބޮޑު ތަފްސީލެއް ނިއުސް ވަޔާއިން ހާމައެއް ނުކުރެއެވެ. އެހެންނަމަވެސް މިއީ ކޮތަރުތަކެއްގެ މިލްކުވެރިކަމާއި ގުޅިގެން ހިނގި ހަމަނުޖެހުމެއްކަމަށް ލަންކާގެ މައުލޫމާތު މީސް މީޑީއާގައި އާންމުކުރާ އެގައުމުގެ އިތުބާރުހިފޭ "އެކްސް" އެކައުންޓުތަކުގައި ބުނެފައި ވެއެވެ.
މި ހަމަނުޖެހުމުގައި މަރުވީ ލަންކާގެ އޮލިޔަމުއްލާއަށް ނިސްބަތްވާ އުމުރުން 38 އަހަރުގެ މީހެއް ކަމަށް އެގައުމުގެ ފުލުހުން ވަނީ ބުނެފައި އެވެ. އަދި އޭނާ މަރުވީ ތޫނު އެއްޗަކުން ދިން ހަމަލާއެއްގައި ކަމަށްވެސް ޑޮކްޓަރުންނާއި ހަވާލާދީ ފުލުހުން ބުންޏެވެ.
މަރުވި މީހާއަށް ހަމަލާ ދިން މީހާއަށް ވެސް އަނިޔާވެ، ކޮލަމްބޯ ނޭޝަނަލް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވާކަމަށްރިޕޯޓުތައް ބުނެއެވެ.
މި ހާދިސާއާ ލަންކާގެ ޕެލިޔަގޯޑާ ފުލުހުން ދަނީ ތަހުޤީޤު ކުރަމުންނެވެ.














%20(4).jpeg?w=3840&q=75)

