
-
ނުވަރަ އެލިޔާގެ ގްރެގޮރީ ލޭކަށް ޖައްސަން އުޅުނު ސީޕްލޭނެއް ވެއްޓިއްޖެ އެވެ.
އެގައުމުގެ ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހާދިސާ ހިނގިއިރު ބޯޓުގައި ތިބީ ދެ ޕައިލެޓުން އެކަނި ކަމަށެވެ.
މި ހާދިސާގައި ޕައިލެޓުންނަށް އަނިޔާވެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ވަނީ ގެންގޮސްފަ އެވެ.
މި ހާދިސާގައި އިތުރު އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް ލިބިފައި ނުވާ ކަމަށާއި މި ހާދިސާގެ ތަހުގީގު އަދިވެސް ދަނީ ކުރަމުން ކަމަށް ފުލުހުން ވަނީ ބުނެފައި އެވެ.
މައުލޫމާތު ލިބޭގޮތުގައި ވެއްޓުނީ ލަންކާގެ ސިނަމަން އެއާގެ ބޯޓެކެވެ. ސިނަމަން އެއާއަކީ ލަންކާގައި ސީޕްލޭންގެ ހިދުމަތް ދޭހަމައެކަނި ކުންފުންޏެވެ.














%20(4).jpeg?w=3840&q=75)

