



.jpg?w=3840&q=75)
%20(1).jpg?w=3840&q=75)



-
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހެއް ނައިފަރުގައި ތަރައްޤީކުރުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީއާއި ހަވާލުކޮށްފިއެވެ.
ސަރުކާރުން މި މަޝްރޫއު ކޮންޓްރެކްޓަރާއި ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ޅ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނައިފަރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ޖަލްސާގައި އެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި އެފްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ރައްޒާންއެވެ. އަދި އެމްއެންޔޫއިން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމްއެވެ.
ނައިފަރުގައި ތަރައްޤީކުރާ އެމްއެންޔޫ ކެމްޕަހުގައި އިދާރީ އޮފީހަކާއި ލައިބްރަރީއަކާއި ކްލާމްރޫމްގެ އިތުރުން މަލްޓިޕަރޕަސް ސެމިނަރ ހޯލެއް ހިމެނޭނެ އެވެ.
މިއީ ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަތީ ތަޢުލީމުގެ ކެމްޕަސް ގާއިމްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ތަޞައްވުރުގެ ދަށުން ހިންނަވަރުގައި ކުރިޔަށްގެންދާ މަޝްރޫއެކެވެ.




.jpg?w=3840&q=75)



