


.jpg?w=3840&q=75)

.png?w=3840&q=75)



-
ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސޓީ (އައި.ޔޫ.އެމް)ގެ ފަރާތުން "އައި.ޔޫ.އެމް ލީގަލް ކްލިނިކް"ގެ ނަމުގައި ދިވެހިރާއްޖޭގެ ފުރުތަމަަ ޤާނޫނީ ކްލިނިކް އިފްތިތާޙްކޮށްފިއެވެ.
މި ޤާނޫނީ ކްލިނިކަކީ ޤާނޫނީ ދާއިރާއާއި ގުޅޭ ޢަމަލީ ތަޢުލީމު ހާޞީލުކުރުމާއި، ދިވެހިރާއްޖޭގެ ޤާނޫނީ ވަކީލުންގެ ފެންވަރު ރަނގަޅުކޮށް، ޤާނޫނީ ދާއިރާއަށް ކުރެއެރުން ހޯދައިނުމުގެ މަޤްޞަދުގައި ޤާޢިމުކުރެވިފައިވާ ކްލިނިކެކެވެ.
މި ކްލިނިކް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އެވެ.
މި އޮކްޓޯބަރ މަހުގެ 1 ވަނަ ދުވަހު އިފްތިތާޙްކުރެވުނު މި ކްލިނިކްގެ ދަށުން ޤާނޫނީ ދާއިރާއިން ދަސްވެނިވާ ދަރިވަރުން ކޯޓުތަކުގައި ވަކާލާތުކުރުމުގެ ކުރިން ޙާޞިލްކުރަން ޖެހޭ ލައިސަންސް ހާޞިލުކުރުމުގެ މަގުފަހިވެގެންދާނެ ކަމަށް އައިއޔޫއެމްއިން ފާހަގަކުރެއެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ދަށުން ޤާނޫނީ ދާއިރާއާއި ގުޅޭ އެތަށް ކޯސްތަކަކުން ގިނަ އަދަދެއްގެ ދަރިވަރުން ދަނީ މަތީ ތަޢުލީމު ހާޞިލުކުރަމުންނެވެ. ދިވެހިރާއްޖޭއަށް މުހިއްމު މިފަދަ ދާއިރާއަކާއި ގުޅޭ ޚާއްސަ ކްލިނިކެއް ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސޓީ (އައި.ޔޫ.އެމް)ގެ ފަރާތުން ޤާޢިމުކުރުމުގެ ސަބަބުން، އެ ދާއިރާއިން ކުރިއަށްދިޔުމަށް ޝައުގުވެރިވާ ދިވެހި ޒުވާނުންނަށް ފުރުޞަތުތައް ފަހިވެގެންދިޔުމާއެކު ދިވެހިރާއްޖޭގެ ޤާނޫނީ ދާއިރާ ހަރުދަނާވެގެންދާނެއެވެ.



.jpg?w=3840&q=75)




