







-
ތ. ކަނޑޫދޫ ޖެޓީ ހެދުމުގެ މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއާ މިއަދު ޙަވާލުކޮށްފިއެވެ.
މި މަޝްރޫއު ސަރުކާރުން އެމްޓީސީސީއާއި ހަވާލުކުރީ ރަޢީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ތ އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ކަނޑޫދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި އެވެ.
މި މަސައްކަތުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މި ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީ އެވެ. މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަނ،ް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ، ޑރ. ޢަބްދުالله މުއްޠަލިބް އެވެ.، އެއްބަސްވުމުގައި ސޮއިކުރި ޖަލްސާގައި ކެބިނެޓް މިނިސްޓަރުންނާއ،ި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއ،ި ކަނޑޫދޫ ކައުންސިލް ރައީސް އާއި މެންބަރުން އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫޢުގެ ދަށުން 2 މީޓަރު ފުޅާ 150 މީޓަރު ދިގުމިނުގެ ކޮންކްރީޓް ޖެޓީއެއް ތ. ކަނޑޫދޫގައި ހެދުން ހިމެނެއެވެ. މި މަޝްރޫޢަކީ 7.49 މިލިއަން ރުފިޔާއަށް 150 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކުރި މަޝްރޫޢެކެވެ.



