


.jpg?w=3840&q=75)

.png?w=3840&q=75)



-
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އަިއ.ޔޫ.އެމް)ގެ ފަރާތުން ކުރިއަށްގެންދާ “އޮންލައިން އިންފޮރމޭޝަން ލިޓްރަސީ ސީރީޒް"ގެ ދަށުން "ލައިބްރަރީ އޮންލައިން ރިސޯސަސް"ގެ ނަމުގައި ސެޝަނެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
01 ސެޕްޓެމްބަރ 2025 ވާ ހޯމަ ދުވަހުގެ 16:30 ކުން 17:30އަށް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މި އޮންލައިން ސެޝަން ފެސިލިޓޭޓް ކޮށްދެއްވާނީ އައި.ޔޫ.އެމް ލައިބްރަރީގެ ޗީފް ލައިބްރޭރިއަން، ފާތިމަތު ނަޝަތް އެވެ.
މި ސެޝަންގެ ބައިވެރިންނަށް އެބްސްކޯ ފަދަ އެކި ވެބްސައިޓްތަށް މެދުވެރިކޮށް ރިސަރޗް ޕޭޕަރުތަށް ހޯދުމާއި ދިރާސާތަކަށް ބޭނުންވާ މުހިއްމު މަޢޫލުމާތު ޖަމާކުރުމާއި އެ މަޢުލޫމާތުތަށް އެންމެ ފުރިހަމަގޮތުގައި ބޭނުންކުރުމަށް އަހުލުވެރިވެގެންދާނެއެވެ.
މި ސެޝަންގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް، މި ލިންކު މެދުވެރިވެ ރަޖިސްްޓްރީވެވޭނެއެވެ.



.jpg?w=3840&q=75)




