


.jpg?w=3840&q=75)

.png?w=3840&q=75)



-
ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައި.ޔޫ.އެމް) ދިވެހިބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާއާއި ދެމެދު ތަރިކައާއި ބެހޭ ސެންޓަރުގެ ކުރިއެރުއެރުމާއި ތަރައްޤީއަށް އަމާޒުކޮށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ދިވެހިބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ އެ ވުޒާރާގެ ވަޒީރު، އާދަމް ނަޞިރު އިބްރީހިމެވެ. އަދި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައި.ޔޫ.އެމް)ގެ ފަރާތުން އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ، ޑރ. ޢަލީ ޒާހިރު ވަނީ ސޮއިކުރައްވައިފައެވެ.
އައިޔޫއެމްއިން ބުނީ މި އެއްބަސްވުމަކީ ދިވެހިބަހާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވުޒާރާގެ ދަށުން ޤާޢިމްކުރެވިފައިވާ ނޭޝަނަލް ސެންޓަރ ފޮރ ކަލްޗަރަލް ހެރިޓޭޖްއަށް ތަރައްޤީ ގެނައުމަށް އަމާޒުކޮށް ސޮއިކުރެވުނު އެއްބަސްވުމެއް ކަމަށެވެ. އެގޮތުން، އައި.ޔޫ.އެމްގެ ފަރާތުން ދިވެހިރާއްޖޭގެ ސަޤާފަތާއި ތަރިކައާއި ބެހޭ ތަފާތު ވޯކްޝޮޕްތަކާއި ޕްރޮގްރާމްތަށް ބޭއްވުމުގައި ގުޅިގެން މަސައްކަތްކުރުމަށް ވަނީ އެއްބަސްވެވިފައެވެ.
ދިވެހިބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާއާއިއެކު ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައި.ޔޫ.އެމް)އާއި ދެމެދު ވެވުނު މި އެއްބަސްވުމަކީ ދިވެހިބަހުގެ ސަގާފަތާއި ތަރިކަ ހިމާޔަތްކުރުމުގެ އިތުރުން އާންމުން ދިވެހިރާއްޖޭގެ ތާރީޚާއި ސަގާފަތަށް ހޭލުންތެރިކުރުވުމަށް މަގުފަހިކޮށްދޭނެ އެއްބަސްވުމެކެވެ.



.jpg?w=3840&q=75)




