
%20(1).jpeg?w=3840&q=75)




.jpg?w=3840&q=75)


-
ފުރަމާނަ ދަތުރުފުޅެއްގައި މިހާރު ރާއްޖެއަށް ވަޑައިގެން އުޅުއްވާ އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީގެ އަރިހަށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސެއިން މުހައްމަދު ލަތީފް އިޚްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ކުރުނބާ މޯލްޑިވްސް ރިސޯޓުގައި އެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އިންޑިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގެންނެވިކަމައްޓަކައި މަރުޙަބާ ދަންނަވާފައި އެވެ. މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ރާއްޖެއާއި އިންޑިއާއާ ދެ ޤައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިކުރެވޭނެ ދާއިރާތަކާއި ބެހޭގޮތުން، ޚާއްޞަގޮތެއްގައި އިޖްތިމާޢީ ތަރައްޤީގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރެއްވުމާ ބެހޭގޮތުން މަޝްވަރާކުރައްވައިފައެވެ.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އިންޑިއާ ސަރުކާރުން އިންޑިއާ ކަނޑުގެ ސަރަޙައްދީ ހަމަޖެހުން ޤާއިމުކުރެއްވުމަށްކުރައްވާ މަސައްކަތްތައް ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރު އަދާކުރައްވައިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިތުރަށް ދެއްކެވި ވާހަކަފުޅުގައި، އިންޑިއާއިން އަބަދުވެސް ރާއްޖެއާ ދޭތެރޭ ބަހައްޓަވާ ގާތްކަން ފާހަގަކުރައްވައި، ރާއްޖެއަށް އެހީތެރިކަމަކަށް ބޭނުންވާ ހިނދު އެހީތެރިކަން ފޯރުކޮށްދެއްވާކަން ފާހަގަކުރައްވައި އެކަމަށްޓަކައި އިންޑިއާ ސަރުކާރަށް ޝުކުރުއަދާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި އިންޑިއާގެ ބޮޑުވަޒީރު ވަނީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރައްވަން މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ.

%20(1).jpeg?w=3840&q=75)






