


.jpg?w=3840&q=75)

.png?w=3840&q=75)



-
ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައި.ޔޫ.އެމް)ގެ އެޑްވާންސްޑް ސެޓްފިކެޓް އިން ބިޒްނަސް މެނޭޖްމަންޓް ކޯސް ށ. ފުނަދުގައި ފުރުތަމަ ފަހަރަށް ފެށުމަށް ތައްޔާރުވެއްޖެއެވެ.
މި ކޯހުގެ ކްލާސްތަކަކީ 18 އަހަރުން މަތީގެ ހުރިހާ ބޭފުޅުންނަށް ވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލާފައިވާ ކޯހެއް ކަމަށް އައިޔޫއެމްއިން ވަނީ ބުނެފައި އެވެ.
އެގޮތުން މި ކޯހުގެ ކްލާސްތައް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހާއި ހޮނިހިރު ދުވަހުގެ ރޭގަނޑު އެވެ.
އޮގަސްޓް އިންޓޭކް 2025 ގައި ފެށުމަށް ހަމަޖެހިފައިވާ އައި.ޔޫއެމްގެ އެޑްވާންސްޑް ސެޓްފިކެޓް އިން ބިޒްނަސް މެނޭޖްމަންޓް ކޯހަކީ 2 ސެމިސްޓަރ އަކަށް ބަހައިލާގެން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ 1 އަހަރު ދުވަހުގެ ކޯހެކެވެ.
މި ކޯހަށް ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކަށް މި ލިންކު މެދުވެރިކޮށް ހުށަހެޅުވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.



.jpg?w=3840&q=75)




