
.jpeg?w=3840&q=75)






-
މި ސަރަހައްދުގައި ޤާނޫނާއި ގަވައިދާ ޚިލާފަށް މަސްވެރިކަން ކުރުން ހުއްޓުވުމަށް ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމަށް އެމެރިކާއާއި ދިވެހިރާއްޖެއާއި ދެމެދު މަޝްވަރާކޮށްފި އެވެ.
އެމެރިކާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހޫގޯ ޔޫ-ހޯ ޔޮން އިއްޔެ ވަނީ މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމްގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ.
މި ޒިޔާރަތުގައި ދެ ގައުމު ގުޅިގެން މަސްވެރިކަމުގެ ދާއިރާގައި ކުރެވެން ހުރި މަސައްކަތްތަކާ ގުޅޭ ގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފަ އެވެ.
މަސްވެރިކަމުގެ ދާއިރާގައި ދެ ގައުމުގެ އެއްބާރުލުން ހަރުދަނާކުރުމާއި، އިންވެސްޓްމަންޓް ފުރުސަތުތައް ހޯދުމާ ގުޅޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.
ވަކީން ޚާއްސަކޮށް ރާއްޖޭގެ ސަރަހައްދުގައި ގަވައިދާ ހިލާފަށް، މަސްވެރިކަން ކުރުން ހުއްޓުވުމަށް ދެ ގައުމު ގުޅިގެން ކުރެވެންހުރި މަސައްކަތްތައް އިތުރުކުރުމާ ބެހޭ ގޮތުންވެސް މަޝްވަރާ ކުރެވުނު ކަމަށް މިނިސްޓްރީން ބުނެއެވެ.

.jpeg?w=3840&q=75)





