
.jpeg?w=3840&q=75)






--
އެމެރިކާ ކޯސްޓްގާޑުން ރާއްޖޭގައި ގާއިމްކޮށް އޮޕަރޭޓްކުރަމުންދާ އިންޓަރނޭޝަނަލް ބަނދަރުތައް ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ހިންގާތޯ ބެލުމަށްޓަކައި، ކޮންމެ އަހަރަކު ކުރިއަށް ގެންދާ ޕްރޮގްރާމުގެ މަޝްވަރާތައް ފަށައިފިއެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ބުނީ މި މަޝްވަރާތައް ކުރިއަށް ގެންދަނީ މިނިސްޓްރީގެ ކަމާބެހޭ ބޭފުޅުންނާ އެމެރިކާ ކޯސްޓްގާޑުގެ ޓީމާ ދެމެދުގައި ކަމަށެވެ.
މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ބަނދަރުތަކުގެ ސަލާމަތީ އިންތިޒާމުތަކާއި ހިންގުން، ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތްތޯ ކަށަވަރުކުރުމެވެ.
މި ދިރާސާއިން ދިވެހިރާއްޖޭގެ ބަނދަރުތަކުގެ ސަލާމަތީ ފެންވަރު އިތުރަށް ހަރުދަނާކުރުމަށް އެހީތެރިވެދޭނެކަމަށް މިނިސްްޓްރީން ބުނެއެވެ.
މީގެ ކުރީ އަހަރުތަކުގައިވެސް އެމްއެންޑީއެފްގެ ކޯސްޓްގާޑާއި އެމެރިކާގެ ކޯސްޓްގާޑުން ވަނީ ރާއްޖޭގެ ވިޔަފާރި ބަނދަރުތަކަށް ޒިޔާރަތްކޮށް އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ސެކިއުރިޓީ (އައިއެސްޕީއެސް) ރެކޮމެންޑޭޝަންތައް ބަލައި، ކުރިން ހެދި އެސެސްމަންޓުތަކަކަށް އަމަލުކުރޭތޯ ބެލުމުގެ މަސައްކަތް ކޮށްފައި އެވެ.

.jpeg?w=3840&q=75)





