
.jpeg?w=3840&q=75)






--
އެމެރިކާ ސަރުކާރުގެ އިސް ވަފުދެއް މިއަދު ރާއްޖޭގެ ފަތުރުވެރިކަމާއި ތިމާވެށީގެ ވަޒީރު ޠާރިޤް އިބްރާހީމްއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި އެމެރިކާ ސަރުކާރުގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ސައުތު އެންޑް ސެންޓްރަލް އޭޝިއާ ބިއުރޯގެ ޑެޕިއުޓީ އެސިސްޓަންޓް ސެކްރެޓަރީ ނިކޯލް ޗުލިކް އާއި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމެރިކާގެ ސަފީރު ހިއުގޯ ޔޮންއެވެ.
މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި ފަތުރުވެރިކަމާއި ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާއިން އެއްބާރުލުން އިތުރުކޮށް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ މި ބައްދަލުވުމަކީ ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެ ބައްދަލުވުމެއް ކަމަށެވެ.
އެމެރިކާގެ ވަފުދުން ފާހަގަކުރެއްވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތާއި ތިމާވެށި ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ތަޢުރީފުކުރައްވާ ކަމަށާއި، މި ދާއިރާތަކުން އެމެރިކާއިން ދެމުންގެންދާ އެހީތެރިކަން އިތުރުކުރުމަށް ޝައުޤުވެރިކަން ހުރި ކަމަށެވެ.
މި ބައްދަލުވުމުގައި ދެ ފަރާތުން އެއްބަސްވެފައިވަނީ ކުރިއަށް އޮތް ތަނުގައި މި ދާއިރާތަކުން އިތުރު މަޝްރޫޢުތަކެއް ހިންގުމަށާއި، ތަޖުރިބާ ބަދަލުކުރުމަށް މަސައްކަތްކުރުމަށެވެ.

.jpeg?w=3840&q=75)





