
--
ނިރުބަވެރި އިޒްރޭލާއި ދެކޮޅަށް އުރުދުންގައި ކުރި މުޒާހަރާއެއްގައި ބައިވެރިވި ލެކްޗަރާއަކު ވަޒީފާއިން ވަކިކޮށްފި އެވެ.
މެދުއިރުމަތީގެ ހަބަރުތައް ގެނެސްދޭ ގުދުސް ނިއުސް އޭޖެންސީއިން ބުނީ ޔަހޫދީންގެ ހަމަލާތަކާއި ދެކޮޅަށް އުރުދުންގައި ކުރި މުޒާހަރާއެއްގައި ބައިވެރިވި އެގައުމުގެ ޒަރްކާ ޔުނިވާސިޓީގެ އަންހެން ލެކްޗަރާއަކު މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.
އެގޮތުން މަގާމުން ވަކިކުރި ލެކްޗަރާއަކީ ނަޖުމާ އަލް ޒީތާވީ އެވެ.
މިފަދަ ނިންމުމެއް އުރުދުންގެ ޔުނިވާސިޓީއަކުން ނިންމި އިރު އުރުދުން ފާހަގަވެފައިވަނީ ޣައްޒާއަށް ދެމުންދާ ހަމަލާތަކާއި އެކުވެސް އިޒްރޭލާއި އެކު ގާތް ގުޅުމެއް ބާއްވަމުންދާ ގައުމަކަށެވެ. އެގޮތުން ނިރުބަވެރި އިޒްރޭލާއި ދެކޮޅަށް އިރާން ފަދަ ގައުމުތަކުން ދިން ހަމަލާތަކުން އިޒްރޭލު ހިމާޔާތްކުރުމުގައި އުރުދުންގެ ދައުރު ބޮޑެވެ.
.jpg?w=3840&q=75)
.jpeg?w=3840&q=75)


.jpg?w=3840&q=75)
.jpeg?w=3840&q=75)




.jpg?w=3840&q=75)



