.jpg?w=3840&q=75)
--
ގއ ވިލިނގިލީގައި އިއްޔެގެ ވަގުތެއްގައި ދެމައިން ނިޔާވި މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގަން ނިންމައިފި އެވެ.
ވިލިނގިލީގައި ވިހޭ އަންހެނަކު ދަރިފުޅާ އެކު ނިޔާވި މައްސަލައެއް ފެންމަތިވީ އިއްޔެގެ ވަގުތެއްގައި އެވެ. އެގޮތުން މަރުވީ އެ ރަށުގެ އަންހެނެއް ކަމަށްވާ ޝިއުނާ ތައުފީގާއި އޭނާގެ ތިން ވަނަ ދަރިފުޅެވެ. ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޝިއުނާހެ ދަރިފުޅު ނެގީ ސިޒޭރިއަން ހެދުމަށް ފަހު ބުދަ ދުވަހު ހެނދުނެވެ. އަދި އޮޕަރޭޝަނަށް ފަހު ޝިއުނީ ހޭ ނާރާއިރު ބުދަ ދުވަހުގެ ރެއާހަމައަށްވެސް ދެމައިން ވެސް އޮތީ ވެންޓިލޭޓަރުގަ އެވެ. ޝިއުނީ ނިޔާވީ އިތުރު ފަރުވާއަށް މާލެ ގެނައުމަށް ކޫއްޑޫ އެއާޕޯޓަށް ގެންދިޔަ ފަހުންނެވެ.
މި ހާދިސާއާއި ގުޅިގެން ސިއްހީ ފަރާތްތަކުގެ އިހުމާލު އޮތްކަމަށް ގިނަ ބަޔަކު ބުނަމުންދާއިރު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ދާހިލީ ވަޒީރު އަލީ އަހުސާން ވިދާޅުވީ ގއ. ވިލިގިލީގައި އިއްޔެގެ ވަގުތެއްގައި ކުޑަކުއްޖަކާއި އެކުއްޖާގެ މަންމަ ނިޔާވެފައިވާ ހާދިސާގައި އެއްވެސް ފަރާތެއްގެ އިހުމާލެއްވޭތޯ ޖިނާޢީ ތަހުގީގެއް ހިންގާ އިހުމާލުވެފައިވާ ފަރާތެއްވާނަމަ އެފަރާތެއް ނުވަތަ ފަރާތްތަކެއްހޯދާ ޤާނޫނީ ފިޔަވަޅު އެޅުމަށް ސަރުކާރުގެ ފަރާތުންވަނީ ދިވެހި ފުލުހުންނަށް އަންގާފައިވާ ކަމަށެވެ.
ނަމަވެސް މިކަމާއި ގުޅޭ ތަފްސީލެއް އަދި މިހާތަނަށް ފުލުހުން ހާމަކޮށްފައި ނުވެއެވެ.
މިމައްސަލަ ހެލްތު މިނިސްޓްރީންވެސް މިހާރު ވަނީ ބަލަން ފަށާފައި އެވެ. މި މައްސަލައާއި ގުޅިގެން ޝިއުނާގެ އާއިލާއިން ތުހުމަތު ކުރާގޮތުގައި ޝިއުނާއާއި ދަރިފުޅުގެ ފުރާނަ ގެއްލުމުގައި ގއ އަތޮޅު ހޮސްޕިޓަލުގެ އިހުމާލު އެބައޮތެވެ.

.jpeg?w=3840&q=75)
%20(1).jpg?w=3840&q=75)



.jpeg?w=3840&q=75)
%20(1).jpg?w=3840&q=75)








