







--
މާލޭގެ ސިނަމާލެ ޕާކިންގ ގައި އޮތް ކާރެއްގައި ރޯކުރި މައްސަލައަކާއި ގުޅިގެން ހައްޔަރުކުރި ދެމީހުންގެ ބަންދަށް ކޯޓުން 15 ދުވަސް ދީފި އެވެ.
ފުލުހުން އިއްޔެ ބުނީ ބުރުޒު މަގު ސިނަމާލެ 1 ޕާކިންގ ޒޯނުގައި ޕާކު ކޮށްފައި އޮތް ކާރެއްގައި މިމަހުގެ 25 ވަނަ ދުވަހުގެ 18:25 ހާއިރު ރޯކޮށްލާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނު ކަމަށެވެ. މިއާއި އެކު މި މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ދެމީހަކު ހައްޔަރުކޮށްފައިވާ ކަން ހާމަކޮށް ފުލުހުްން އިއްޔެ ވަނީ އެމީހުންގެ ވަނަވަރާއި ފޮޓޯ އާންމުކޮށްފައެވެ.
މި މައްސަލައާއި ގުޅިގެން ހައްޔަރުކުރީ އދ ދަނގެތި , ބްލޫ ވިންޑް އުމުރުން 31 އަހަރުގެ ހަސަން ނަސީމް އާއި މާލެ, މ އަރާރަތްކުރި އުމުރުން 35 އަހަރުގެ ޚާލިދު މަހްމޫދު އެވެ.
ފުލުހުން މިއަދު ބުނީ އެދެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.








