


.jpg?w=3840&q=75)



.jpeg?w=3840&q=75)

--
އިރާނުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި މަސްއޫދު ޕެޒެޝްކިއަންއަށް ރާއްޖޭގެ ރައީސް ޑރ މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ.
އިރާނުގެ ކުރީގެ ރައީސް އިބްރާހިމް ރައީސީ ދަތުރުކުރެއްވި އަސްކަރީ ހެލިކޮޕްޓަރު ވެއްޓުމާއި ގުޅިގެން އެގައުމުގެ ރައީސްއަށް ބޭފުޅަކު އިންތިހާބު ކުރުމަށް އިންތިހާބު ބޭއްވި އިންތިހާބު މަސްއޫދު ޕެޒެޝްކިއަން ކާމިޔާބުކުރެއްވީ 53.7 އިންސައްތަ ވޯޓާއި އެކުގައި އެވެ.
މަސްއޫދު ޕެޒެޝްކިއަން އާއި ވާދަކުރެއްވި ސައީދު ޖަލީލީ އަށް އިންތިހާބުގައި ލިބުނީ 44.3 އިންސައްތަ ވޯޓެވެ.
މިއާއި އެކު މަސްއޫދު ޕެޒެޝްކިއަން އަށް ރައީސް މުއިއްޒު ވަނީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަރުހަބާ ދަންނަވާފައި އެވެ. ރައީސްގެ ޕޯސްޓުގައި ވަނީ ދިވެހިރާއްޖެއާއި އީރާނާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް އެކުގައި މަސައްކަތް ކުރެއްވުމަށް އުއްމީދު ކުރައްވާ ކަމަށާއި، ރާއްޖެއާއި އިރާނާއި މިސަރަޙައްދުގައި ޞުލްޙަމަސަލަސްކަމާއި ފާގަތިކަން ޤާއިމުކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.
މަސްއޫދު ޕެޒެޝްކިއަން އަކީ އެ ގައުމުގެ ނުވަ ވަނަ އިންތިހާބީ ރައީސްއެވެ.







.jpg?w=3840&q=75)
