.jpg?w=3840&q=75)
ށ.އަތޮޅު ހޮސްޕިޓަލާއި ޔުނައިޓެޑް ބީއެމްއެލް ވާދަކުރި މެޗުގެ ތެރެއިން...
ށ.ފުނަދޫގައި މިހާރު ކުރިއަށްދާ ޑަބްލިޔުޑީސީ ހޭންޑްބޯޅަ ޓޯނަމަންޓުގައި މިރޭ ކުޅުނު ފުރަތަމަ މެޗުގައި ފަސޭހަކަމާއެކު 11-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ށ.އަތޮޅު ހޮސްޕިޓަލް ބަލިކޮށް ޔުނައިޓެޑް ބީއެމްއެލް އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.
މުޅި މެޗުގައި ވެސް މޮޅަށް ކުޅެ ޔުނައިޓެޑް ބީއެމްއެލް އިން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 6-0 ގެ ނަތީޖާއަކުން ޔުނައިޓެޑް ބީއެމްއެލް ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ޔުނައިޓެޑް ބީއެމްއެލް އިން ވަނީ އިތުރު ފަސް ލަނޑު ކާމިޔާބުކޮށްފައެވެ
އެގޮތުން މިމެޗުގައި ޔުނައިޓެޑް ބީއެމްއެލްގެ އާމިނަތު ނަޖުމާ އަށް ލަނޑު ކާމިޔާބުކުރި، އެޓީމުގެ ޚަދީޖާ ހުސެއިން ވަނީ މިމެޗުގައި ދެލަނޑު ކާމިޔާބުކޮށްފައެވެ. އަދި އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އަމާލް ހާމިދު އެވެ. އަދި މީގެ އިތުރުން މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޔުނައިޓެޑް ބީއެމްއެލްގެ އާމިނަތު ނަޖުމާ އެވެ.
ސެޕްޓެމްބަރު 2026 އިން 03 އޮކްޓޯބަރު 2026 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި މިއަހަރު ޖުމްލަ ހަ ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި ހަ ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ.
އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ސެމީފައިނަލަށް ހޮވޭއިރު، މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވާނި އޮކްޓޯބަރު މަހުގެ 03 ވަނަ ދުވަހުއެވެ.
.jpg?w=3840&q=75)
.jpg?w=3840&q=75)





.jpg?w=3840&q=75)




.jpg?w=3840&q=75)



.jpeg?w=3840&q=75)