
IMG_2311
ގއ މާމެންދޫގެ ނަރުދަމާ ނިޒާމު ޤާއިމު ކުރުމުގެ ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
މިއަދު މާމެންދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ނަރުދަމާ ނިޒާމު ޤާއިމު ކުރުމުގެ ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް ފައްޓާވާ ދެއްވީ މިނިސްޓަރ އޮފް އެންވާރަމެންޓް ހުސެއިން ރަޝީދު ހަސަން އާއި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދުގެ އިތުރުން ގއ ގެ ދާއިރާތަކުގެ މަޖިލިސް މެމްބަރުންނާއި ކައުންސިލް މެމްބަރުންނެވެ.
މާމެންދޫ ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ ޕްރޮޖެކްޓް ހަވާލު ކޮށްފައިވަނީ އެސްޖީ ކޮންސްޓްރަކްޝަންސްއާއި އެެވެ. މި ޕްރޮޖެކްޓަށް ސަރުކާރުގެ ބަޖެޓުން 22،281،512.70 ރުފިޔާ ހަރަދުކުރުމަށް ވަނީ ނިންމާފައި އެވެ.
ގއ މާމެންދޫގެ ނަރުދަމާ ނިޒާމު ޤާއިމު ކުރުމުގެ ޕްރޮޖެކްޓުގައި ސޮއިކޮށްފައިވަނީ 2018 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އެވެ. އެހެން ނަމަވެސް 4 އަހަރު ފާއިތުވެގެން ދިޔައިރުވެސް މަސައްކަތް އޮތީ އެކި ކަންކަމާއި ހެދި ނުފެށި މަޑުޖެހިފައި އެވެ. މި މަސައްކަތް އޭރު ނިންމުމަށް ހަވާލުކުރެވުނީ ނުވަ މަސްދުވަހުގެ ތެރޭގައި އެވެ.
.jpg?w=3840&q=75)



.jpg?w=3840&q=75)




.jpg?w=3840&q=75)




%20(2).jpeg?w=3840&q=75)

