
Dhihdhoo
ހއ. ދިއްދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ނިމުމަކާއި ގާތަށް ގޮސްފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީން ބުނެފައިވާ ގޮތުގައި، ދިއްދޫ ބަނދަރު ތަރައްޤީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ 76 ޕަސެންޓް މިހާރު ވަނީ ނިމިފައެވެ. އަދި މިހާރު ހުރި ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 90 ޕަސެންޓް ނިމިފައިވާ ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.
މިމަޝްރޫއުގެ ދަށުން ކުރަން ހަމަޖެހިފައިވާ މަސައްކަތްތައް:
މި މަޝްރޫޢުގެ ދަށުން، 78,000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުން.
58 މީޓަރުގެ ސަރަޙައްދެެއްގައި ގްރޮއިން ޖެހުން.
81 މީޓަރުގެ ސަރަޙައްދެއްގައި ޗެނަލް ބޭރުތޮށި ލުން
49 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުން.
768 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން
898 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުން.
ރޭމްޕެއް ހެދުމާއި، ސްކޯރ އޭޕްރަނެއް ހެދުން.
9,270 އަކަ މީޓަރުގެ ސަަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުން
މޫރިންގ ބޯއީސް ހަރުކުރުން
ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަަސައްކަތް
މި މަޝްރޫޢަކީ 88.36 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.













