
A330NEO_Aircraft_exterior_version_21-1_MPreview
އިނގިރޭސިވިލާތުގެ މަޝްހޫރު ބިލިއަނަރު ރިޗާޑް ބްރޭންސަންގެ ވާޖިން އެޓްލާންޓިކް އެއާވޭސްގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ތައްޔާރުވެއްޖެ އެވެ.
އެ އެއާލައިނުގެ ވެބްސައިޓުން މިހާރު ރާއްޖޭގެ ދަތުރުތަކަށް ޓިކެޓް ވިއްކަން ފަށާފައިވާއިވާއިރު، ދަތުރުތައް ތާވަލުކޮށްފައިވަނީ މިއަހަރުގެ އޮކްޓޯބަރުމަހު ފެށުމަށެވެ.
ވާޖިން އެޓްލާންޓިކް ގެ ފުރަތަމަ ދަތުރު ލަންޑަނުގެ ހީތުރޯއިން ރާއްޖެއަށް މިހާރު ޝެޑިއުލްކޮށްފައިވަނީ، މިއަހަރުގެ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހަށެވެ. އެގޮތުން އެ އެއާލައިނުން ދަތުރުތައް ފެށުމާއެކު ހަފްތާއަކު ތިން ފްލައިޓް ރާއްޖެއަށް ދަތުރުކުރާނެ އެވެ.
ވާޖިން އެޓްލާންޓިކް އެއާލައިނަކީ މީގެ ކުރިންވެސް ރާއްޖެއަށް ދަތުރުކުރި އެއާލައިނެކެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފަށަނީ ކޮންމެ އަހަރެއްގެވެސް ފަތުރުވެރި ސީޒަން ނުވަތަ ފިނި މޫސުމާ ދިމާކޮށްފައެވެ.
ވާޖިން އެޓްލާންޓިކް އެއާލައިނަކީ ދުނިޔޭގެ 5 ބައްރުގެ 34 މަންޒިލަކަށް ދަތުރުތައް ކުރަމުން އަންނަ އެއާލައިނެކެވެ.

.jpg?w=3840&q=75)
.jpeg?w=3840&q=75)


.jpg?w=3840&q=75)
.jpeg?w=3840&q=75)



