.jpg?w=3840&q=75)
-1791113559823.jpeg?w=3840&q=75)





4062
މި އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ރާއްޖޭގެ ހަތަރު ރަށެއްގައި ޕެރޭޑް ބާއްވަން ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއްޖެ އެވެ.
ރަބީޢުލް އައްވަލް މަހުގެ ފުރަތަމަ ދުވަހު ފާހަގަކުރާ ޤައުމީ ދުވަސް، ޤައުމީ ފެންވަރުގައި މި އަހަރު ފާހަގަކުރުމަށް ހަމަޖެހިފައިވަނީ އުތީމުގައެވެ. އެހެންކަމުން، މިއަދު ހަވީރު އެމްއެންޑީއެފުން ބޭއްވުމަށް ހަމަޖެހިފައިވާ ފުރަތަމަ ޕެރޭޑް އޮންނާނީ މިއަދު ހަވީރު ހއ. އުތީމުގައެވެ. މި ޕެރޭޑުގެ ހަރަކާތް، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ، އިބްރާހީމް މުޙައްމަދު ޞާލިޙްގެ އިތުރުން މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ބައްލަވާލައްވާނެއެވެ.
އެމްއެންޑީއެފުން ބޭއްވުމަށް ހަމަޖެހިފައިވާ ޕެރޭޑްތައް، އުތީމުގެ އިތުރުން، ސެޕްޓެންބަރު 28 ވަނަ ދުވަހު ނ. ކެނދިކުޅުދޫގައާއި، ސެޕްޓެންބަރު 29 ވަނަ ދުވަހު ނ. ވެލިދޫގައާއި، ސެޕްޓެންބަރު 30 ވަނަ ދުވަހު ނ. މަނަދޫގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މި ރަށްތަކުގައި ކުރިއަށްގެންދާ ޕެރޭޑުގައި ހަރަކާތްތެރިވާނީ އެންމެ ފަހުން ދަސްވެނިވި 68 ވަނަ އަސާސީ ތަމްރީނު ކޯހުގެ ސިފަައިންނެވެ. އަދި، ޕެރޭޑް ކުރިއަށްދާ ވަގުތުތަކުގައި އެމްއެންޑީއެފް އާޓްސް އެންޑް ސެރެމޯނިއަލް ސަރވިސްގެ މިލިޓަރީ ބޭންޑުގައި ރާގު ކުޅެވޭނެއެވެ.



.jpg?w=3840&q=75)
.jpg?w=3840&q=75)
-1791113559823.jpeg?w=3840&q=75)
