logoEN
Sto top
ގެމަނަފުށީގައި އެއްވެ އުޅުން މަނާކުރުމާއެކު, އިތުރު ފިޔަވަޅުތަކެއް އަޅައިފި

ގެމަނަފުށީގައި އެއްވެ އުޅުން މަނާކުރުމާއެކު, އިތުރު ފިޔަވަޅުތަކެއް އަޅައިފި

# ގއ.ގެމަނަފުށި# ކޮވިޑް-19# ގއ. ގެމަނަފުށީ ކައުންސިލް

Gemanafushi-scaled

މުޖުތަމައުތެރެއިން ކޮވިޑް ކޭސްތަކެއް ފެނި މިވަގުތު މޮނީޓަރިންގއަށް ލެވިފައިވާ ގއ. ގެމަނަފުށީގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅައިފިއެވެ.

Wamco

ގައ. ގެމަނަފުށިކައުންސިލުން މިއަދު އާންމުކުރި އިއުލާނެއްގައި ބުނެފައިވަނީ، މިދުވަސްވަރު އެރަށުގައި ކޮވިޑް19 ފެތުރެމުންދާތީ، ފިޔަވަޅުތަކެއް އެޅުމަށް އެކައުންސިލުން ނިންމާފައިވާ ކަމަށެވެ.

ގެމަނަފުށީގައި މިއަދުން ފެށިގެން އެޅުމަށް ނިންމާފައިވާ ފިޔަވަޅުތައް:

އެއް ހަފްތާގެ މުއްދަތަށް ކުޅިވަރު ބިންތަކަށް އެއްވެ ނޫޅުއްވުން

އެއް ހަފްތާގެ މުއްދަތަށް ގްރޫޕް ހަދާފައި މޫދަށް ދިއުން ފަދަ ކަންކަން ނުކުރެއްވުން

އެއް ހަފްތާގެ މުއްދަތަށް ޕާޓީ ބޭއްވުން ފަދަ އެއްވެސް އެއްވުމެއް ނުބޭއްވުން

އެއް ހަފްތާގެ މުއްދަތަށް އެއްވެސް ބާވަތެއްގެ އެއްވުމެއް ނުބޭއްވުން

ފައްސި މުވައްޒަފުން ނުވަތަ ފައްސި މީހުންނާ އެއްތާވި މުވައްޒަފުން ބޭނުންކޮށްގެން ވިޔަފާރި ހިދުމަތް ދިނުން ހުއްޓާލުން

ރަށުގެ މަސައްކަތްކުރާ ގްރޫޕްތަކުން އެކުރާ މަސައްކަތެއް ކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދު ފިޔަވައި ރަށުތެރޭގައި ހިނގާބިނގާވެ ނޫޅުން. އަދި ހޮޓާ ރެސްޓޯރަންޓްތަކާއި، ފިހާރަތަކަށް ނުދިޔުމާއި، އެހެން ގްރޫޕްތަކާއި މައްސުނިވެ ނޫޅުން

ދޯނިފަހަރުތަކުގައި ތިބޭ ބިދޭސީން ދޯނިފަހަރުގައި މަޑުކުރުމާއި ތަންތަނަށް ހިނގާ ނޫޅުމާއި، ހޮޓާ ރެސްޓޯރަންޓް އަދި ފިހާރަތަކަށް ނުދިޔުން

ރޯގާގެ އަލާމާތްތައް ހުންނަ މީހުން މިސްކިތަށް ވަޑައި ނުގަތުން

މި ފިޔަވަޅުތަކުގެ އިތުރުންވެސް ސިއްހީ ދާއިރާއިން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް ފައްސި މީހުންނާއި ، ފައްސި މީހުންނާ އެއްތާވިމީހުންނާއި، ސުންކު ނެގިފައިތިބި މީހުން އަމަލުކުރެއްވުމުގެ އިތުރުން، މާސްކު އަޅުއްވައި ގިނަގިނައިން އަތްދޮވުމަށް އެ ކައުންސިލުން ވަނީ އެރަށު ރައްޔިތުން ކިބައިން އެދިލައްވާފައެވެ.

ގެމަނަފުށިން ވޭތުވެެދިޔަ 24 ގަޑި އިރު ތެރޭ ގިނަ ބަޔަކު ކޮވިޑް-19އަށް ވަނީ ފައްސިވެފައެވެ. އިއްޔެ ލިބުނު ސާމްޕަލްތަކުގެ ނަތީޖާއިން 11 ސާމްޕަލެއް ވަނީ ފައްސިވެފައި އެވެ. އަދި މިއަދު ހެނދުނު ލިބުނު ނަތީޖާތަކަށް ބަލާއިރު މިއަދުގެ މިހާތަނަށް އެރަށުން 10 މީހަކު ވަނީ ފައްސިވެފައި އެވެ. މިއާއި އެކު އެރަށުގެ އެކްޓިވް ކޭސްގެ އަދަދު ވަނީ 26 އަށް އަރާފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC