![ހުވަދު އަތޮޅު މާމުޓާ ރިސޯޓުން ފަތުރުވެރިންތަކެއް ފައްސިވެއްޖެ](/_next/image?url=%2Fsikundi-content%2Fuploads%2F2020%2F11%2F9924_rov1c_00_p_1024x768.jpg&w=3840&q=75)
Pullman Maldives Maamutaa
ހުވަދު އަތޮޅު އުތުރުބުރީގައި އޮންނަ ޕުލްމަން މާމުޓާ ރިސޯޓަށް އައި ފަތުރުވެރިންތަކެއް ކޮވިޑް19 އަށް ފައްސިވެއްޖެ އެވެ.
![ގޮސިޔާ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F1%2Fgosiya-ads.gif&w=3840&q=75)
ގއ. އަތޮޅު ހޮސްޕިޓަލުން ހާމަކޮށްފައިވާ ގޮތުގައި އެ ރިސޯޓުން ތިން ފަތުރުވެރިޔަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. އަދި އެކަމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހަދަމުންދާ ކަމަށްވެސް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ. މި ފަތުރުވެރިން ފައްސިވެފައިވަނީ މިއަދު އެވެ.
މާމުޓާއިން ޕޮޒިޓިވް ކޭސްތަކެއް ފެނުމާ ގުޅިގެން އެ ރިސޯޓު މިހާރު ވަނީ މޮނިޓަރިން ހާލަތަށް ގެނެސްފައެވެ. އެއާއެކު އެރަށަށް އަރައި ފޭބުން ވަނީ ވަގުތީ ގޮތުން މަނާކޮށްފައެވެ.