logoEN
WAMCO TOP 1
ރާގަވްގެ އައު ފިލްމުގެ ފަހަތުގައިވާ "ކިންގް ޚާން" ގެ އިރުޝާދު!

ރާގަވްގެ އައު ފިލްމުގެ ފަހަތުގައިވާ "ކިންގް ޚާން" ގެ އިރުޝާދު!

ސާރާ އަހުމަދު

logo

7/21/2026, 2:48:17 AM

# ބޮލީވުޑް

--

ބޮލީވުޑްގެ މަޝްހޫރު ނެށުންތެރިޔާ އަދި އެކްޓަރު ރާގަވް ޖުޔާލް، އިންޑިއާ ސިނަމާގެ 'ކިންގް' ޝާހްރުކް ޚާންއަށް ވަރަށް ބޮޑަށް ތައުރީފުކޮށް، އޭނާއަކީ ދިރިއުޅުމުގެ ބޮޑު މެންޓަރއެއްގެ ގޮތުގައި ސިފަކޮށްފިއެވެ.

THE TRAVELLER AD

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ރާގަވް ވަނީ އޭނާގެ ކުރިއަށް އޮތް ފިލްމު 'ބާއީ ތޭރާ ސްޓާރ ހޭ' ރިލީޒްކުރުމުގެ ކުރިން ޝާހްރުކް ގެ ފަރާތުން ލިބުނު އަގުހުރި އިރުޝާދުތަކާއި ހިތްވަރު ހާމަކޮށްފައެވެ.

ރާގަވް ބުނި ގޮތުގައި، ޝާހްރުކް ޚާންއާއެކު ވާހަކަދައްކާލަން ލިބޭ ކޮންމެ ފުރުސަތަކީ އޭނާގެ ކެރިއަރަށާއި އަމިއްލަ ނަފްސަށް ލިބޭ ބޮޑު ދިރުމެކެވެ. 'ބާއީ ތޭރާ ސްޓާރ ހޭ' ގެ މަސައްކަތް ކުރިއަށްދިޔަ ދުވަސްވަރު، ޝާހްރުކް ވަނީ އެކްޓިންގއާއި އިންޑަސްޓްރީގައި ކުރިއަށްދާނެ ގޮތްތަކާ ގުޅޭގޮތުން ވަރަށް މުހިންމު ނަސޭހަތްތަކެއް ދީފައެވެ. އަދި އަމިއްލަ ހުނަރަށް އިތުބާރުކޮށް، ކެތްތެރިކަމާއެކު މަސައްކަތް ކުރުމަށް ބާރުއެޅިކަމަށްވެސް ރާގަވް ފާހަގަކުރިއެވެ.

މި ފިލްމުގައި ރާގަވް ފެނިގެންދަނީ ވަރަށް ތަފާތު އަދި ޝައުގުވެރި ރޯލަކުން ކަމަށްވާއިރު، ޝާހްރުކް ދިން އިރުޝާދުތަކުގެ ސަބަބުން ކެރެކްޓާއަށް ފުރިހަމައަށް އިންސާފުކޮށްދިނުމަށް ބޮޑު އެހީއަކަށްވި ކަމަށް އޭނާ ބުންޏެވެ.

ރާގަވް އިތުރަށް ބުނީ ޝާހްރުކް އަކީ ހަމައެކަނި ބޮޑު ތަރިއެއް ނޫން ކަމަށާއި، އޭނާއަކީ ޒުވާން ފަންނާނުންނަށް މަގުދައްކައިދޭ ވަރަށް ހިތްހެޔޮ، އޯގާތެރި ސްޓާރެއް ކަމަށެވެ.

ކޮމެންޓް
ފަހުގެ
HDC