
ސީއާރުވީއެސްއައިޑީ ބިލް ޑްރާފްޓްކުރާނެ ކޮންސަލްޓަންޓެއް ހޯދަނީ
# ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ-
ސިވިލް ރަޖިސްޓްރޭޝަން، ވައިޓަލް ސްޓެޓިސްޓިކްސް، އެންޑް އައިޑެންޓިފިކޭޝަން (ސީ.އާރު.ވީ.އެސް.އައިޑީ) ބިލް ފަރުމާކުރުމަށްޓަކައި، ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެ ކޮންސަލްޓަންޓެއް ހޯދުމަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒް (ދާޚިލީ ވުޒާރާ) އިން އިއުލާންކޮށްފިއެވެ.

ދާޚިލީ ވުޒާރާއިން ކުރި އިއުލާނުގައިވާ ގޮތުން، މި މަސައްކަތަކީ ވޯލްޑް ބެންކްގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ "ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑިސެންޓަރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން" (ޑީމެޑް) ޕްރޮޖެކްޓްގެ މާލީ އެހީތެރިކަމާއެކު ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
މި ކޮންސަލްޓަންސީގެ މައިގަނޑު އަމާޒަކީ ސިވިލް ރެޖިސްޓްރޭޝަނާއި، ވައިޓަލް ސްޓެޓިސްޓިކްސް އަދި އައިޑެންޓިފިކޭޝަންގެ ކަންތައްތައް ބެލެހެއްޓުމަށްޓަކައި، ލާމެހިފައިވާ، އަދި ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމަށް މަގުފަހިވާނެފަދަ ޒަމާނީ ޤާނޫނީ އޮނިގަނޑެއް އެކުލަވައިލުމެވެ.
މި މަސައްކަތަށް ޝޯޓްލިސްޓްކުރެވޭނީ ސިވިލް ރަޖިސްޓްރޭޝަނާއި ޑޭޓާ ޕްރޮޓެކްޝަން ފަދަ ދާއިރާތަކުން ބިލް ޑްރާފްޓްކުރުމުގެ އަމަލީ ތަޖުރިބާ ހުރި، އަދި ކޮމްޕްލެކްސް ލީގަލް ދާއިރާތަކުން މަދުވެގެން 5 އަހަރުގެ ތަޖުރިބާ ލިބިފައިވާ ފާމްތަކެވެ.
މީގެ އިތުރުން ލީގަލް ކޮންސަލްޓަންސީގެ މަދުވެގެން 1 ޕްރޮޖެކްޓް ކާމިޔާބުކަމާއެކު ނިންމާފައިވާންޖެހޭނެއެވެ.
ފަރާތެއް ހޮވުމުގައި ބޭނުންކުރާނީ ވޯލްޑް ބޭންކްގެ "ކޮސްޓް ބޭސްޑް ސިލެކްޝަން" (ކިއު.ސީ.ބީ.އެސް) އުސޫލެވެ.
މި ކޮންސަލްޓެންސީއަށް ޝައުގުވެރިވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ގާބިލުކަން ސާބިތުކޮށްދޭ ލިޔެކިޔުންތަކާއެކު "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" (އީއޯއައި) ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ 2026 ޖުލައި 22 ވަނަ ދުވަހުގެ ހެނދުނު 10:00 އެވެ. މި ހުށަހެޅުންތައް އީމެއިލް މެދުވެރިކޮށް އަށް ފޮނުވޭނެއެވެ.






