logoEN
WAMCO TOP 1
ގޯވިންދާގެ އަންހެނުންނާއި ދަރިފުޅު އެކުއެކީގައި ބޮލީވުޑަށް!

ގޯވިންދާގެ އަންހެނުންނާއި ދަރިފުޅު އެކުއެކީގައި ބޮލީވުޑަށް!

ސާރާ އަހުމަދު

logo

7/12/2026, 11:38:48 AM

# ބޮލީވުޑް

--

ހިންދީ ސިނަމާގައި އޭނާގެ ނެށުމާއި، މަޖާ އެކްޓިންގް އަދި އާންމުންނާ އޮތް ގާތް ގުޅުމުގެ ސަބަބުން ގިނަ އަހަރުތަކެއް ވަންދެން ރަސްކަންކުރި އެކްޓަރު ގޯވިންދާގެ އާއިލާއިން މިހާރު މިއޮތީ ފިލްމީ ދާއިރާގެ އައު ބާބަކަށް ތައްޔާރުވެފައެވެ.

THE TRAVELLER AD

ގޯވިންދާގެ އަންހެނުން ސުނީތާ އަހޫޖާ އާއި ދަރިފުޅު ޔާޝް އަހޫޖާ އެކުގައި ބޮލީވުޑަށް ނުކުތުމަށް މިހާރު ވަނީ ތައްޔާރުވެފައިއެވެ. މަޝްހޫރު ޕްރޮޑިއުސަރު އެކްތާ ކަޕޫރު ބެކްކުރާ މި ފިލްމު މި އަހަރުގެ ސެޕްޓެމްބަރު މަހު ސިނަމާތަކަށް އަންނާނެ ކަމަށް ބެލެވެއެވެ.

މި ފިލްމުގެ އެންމެ ޚާއްޞަ ކަމަކީ، ގިނަ ދުވަސްތަކެއް ވަންދެން އިންތިޒާރު ކުރެވުނު ޔާޝްގެ ފުރަތަމަ ފިލްމަށް ވުމުގެ އިތުރުން، އޭނާގެ މަންމަ ސުނީތާ ވެސް މި ފިލްމުން އެކްޓިންގް ދާއިރާއަށް ތައާރަފުވުމެވެ.

އިންޑިިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ސުނީތާ ވަނީ މި ޚަބަރު ކަށަވަރުކޮށްދީ، ފިލްމުގައި އޭނާ ފެނިގެންދާނީ ސީދާ ޔާޝްގެ މަންމަގެ ރޯލުން ކަމަށް ބުނެފައެވެ. އޭނާ ސިފަކުރި ގޮތުގައި މިއީ ހިންދީ ސިނަމާގެ ތާރީޚުގައި ވެސް އަސްލު މަންމަ އާއި ދަރިފުޅު އެކުގައި ފިލްމީ ދާއިރާއަށް ލޯންޗުވާ ފުރަތަމަ ފަހަރަށް ވެދާނެކަމަށެވެ.

ސުނީތާ އެންމެ ފަހުން ފެނިގެންދިޔައީ ނެޓްފްލިކްސްގެ ރިއަލިޓީ ޝޯ "ލޮކް އަޕް: ސަޗް ޔާ ސަޒާ" އިންނެވެ.

ޔާޝް ފިލްމީ ދާއިރާއަށް ނުކުންނަން ތައްޔާރުވަމުންދާއިރު، ސުނީތާ ވަނީ ބެލުންތެރިންގެ ކިބައިން އޭނާއަށް ދިން ލޯތްބާއި ހެޔޮދުޢާ ދަރިފުޅު ޔާޝްއަށް ވެސް ދިނުމަށެވެ.

މީގެ ކުރިން ގޯވިންދާ އާއި ސުނީތާގެ ދަރިފުޅު ޓީނާ އަހޫޖާ ވެސް ވަނީ 2015 ވަނަ އަހަރު "ސެކަންޑް ހޭންޑް ހަޒްބަންޑް" ފިލްމުން ބޮލީވުޑަށް ތައާރަފުވެފައެވެ.

ކޮމެންޓް
ފަހުގެ
HDC