





.jpeg?w=3840&q=75)


ލެޖެންޑަރީ ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ
ލެޖެންޑަރީ އިންޑިއަން ޕްލޭބެކް ލަވަކިޔުންތެރިޔާ، އާޝާ ބޯސްލޭ ރެކޯޑްކުރި އެންމެ ފަހު ލަވަ އޭނާގެ އުފަންދުވަސް ކަމަށްވާ ސެޕްޓެމްބަރު 8 ވަނަ ދުވަހު ނެރުމަށް ނިންމައިފިއެވެ.
"އޭ މޭރީ ޒިންދަގީ، ތޫ ޗުޕީ ހޭ ކަހާން" ގެ ނަން ދީފައިވާ މި ލަވަ ހިމެނެނީ ކުރިއަށް ނެރުމަށް ހަމަޖެހިފައިވާ ފިލްމު 'އޯމް ކާ ހަރީ' ގައެވެ.
ރިޕޯޓުތައް ބުނާގޮތުން، މި ލަވަ ރެކޯޑްކޮށްފައިވަނީ 2023 ވަނަ އަހަރުގެ ފަހުކޮޅުގައެވެ. އޭރު އާޝާ ބޯސްލޭގެ އުމުރުން 90 އަހަރަށްވުރެ މައްޗެވެ. މި ލަވަ ނެރުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ މިއުޒިކާއި ފިލްމީ ދާއިރާއަށް އޭނާ ކޮށްދީފައިވާ ގިނަގުނަ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން، އޭނާއަށް ދެވޭ ޚާއްޞަ ޓްރިބިއުޓެއްގެ ގޮތުގައެވެ.
ހަރީޝް ވިޔާސް ޑައިރެކްޓްކޮށްފައިވާ 'އޯމް ކާ ހަރީ' އަކީ ބައްޕައަކާއި ދަރިއެއްގެ ދެމެދުގައި އޮންނަ ގުޅުމުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. ފިލްމުގެ ޑައިރެކްޓަރު ބުނެފައިވާ ގޮތުގައި، އާޝާގެ އުފަންދުވަހު މި ލަވަ ނެރުމުގެ މައިގަނޑު މަގުސަދަކީ އޭނާގެ ރީތި އަޑާއި، އެތައް ޖީލަކަށް އޭނާގެ މިއުޒިކުން ކޮށްފައިވާ އަސަރު ފާހަގަކޮށް އުފާފާޅުކުރުމެވެ.
70 އަށްވުރެ ގިނަ އަހަރު ބޮލީވުޑް މިއުޒިކް އިންޑަސްޓްރީގައި ރަސްކަންކުރި އާޝާ ބޯސްލޭ ވަނީ 12،000 އަށްވުރެ ގިނަ ލަވަ ކިޔައިދީފައެވެ. އުމުރުން 92 އަހަރުގައި، އޭނާ މަރުވީ މިއަހަރުގެ އެޕްރީލް މަހުގެ 12 ވަނަ ދުވަހުއެވެ. އޭނާގެ އެންމެ ފަހު ލަވައަށް ސަޕޯޓަރުން އަންނަނީ ވަރަށް ބޮޑަށް އިންތިޒާރުކުރަމުންނެވެ.




