logoEN
WAMCO TOP 1
ޕްރިޔަންކާ އާއި ނިކް ޖޯނަސް ޕެރިސް ފެޝަން ވީކްގައި!

ޕްރިޔަންކާ އާއި ނިކް ޖޯނަސް ޕެރިސް ފެޝަން ވީކްގައި!

ސާރާ އަހުމަދު

logo

7/7/2026, 3:00:15 PM

# ހޮލީވުޑް# ބޮލީވުޑް

--

ޕެރިހުގައި މިހާރު ކުރިއަށްދާ "ޕެރިސް ފެޝަން ވީކް" ގެ ތެރެއިން، ބޮލީވުޑްގެ ބަތަލާ ޕްރިޔަންކާ ޗޯޕްޅާ އާއި އޭނާގެ ފިރިމީހާ އަދި މަޝްހޫރު ލަވަކިޔުންތެރިޔާ ނިކް ޖޯނަސްގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުވެ، ފޭނުންގެ ސަމާލުކަން ވަނީ އަތުލާފައެވެ.

THE TRAVELLER AD

އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ޕްރިޔަންކާ ހުރީ ވަރަށް ހިތްގައިމު ހެދުމެއްގައެވެ. އަދި ނިކް ހުރީ ޕްރިޔަންކާގެ ހެދުމާ ގުޅޭނެ ފަދަ ސްޓައިލިޝް ސޫޓެއްގައެވެ.

ދެމަފިރިން އެކަކު އަނެކެއްގެ އަތުގައި ހިފާލައިގެން، ހިނިތުންވުމާއެކު ތިބި މަންޒަރުތަކުން އެމީހުންގެ މެދުގައި އޮތް ވަރުގަދަ ލޯބި ހާމަވެގެންދެއެވެ. ފޭނުން ބުނާގޮތުގައި، ކައިވެންޏަށް އެތައް އަހަރެއް ވެފައިވީ ނަމަވެސް، މި ދެމަފިރިން އަދިވެސް ފެންނަނީ ހަމަ އަލަށް ލޯބިން އުޅޭ ޖޯޑެއްގެ ގޮތުގައެވެ.

View post on Twitter

ޕްރިޔަންކާ އާއި ނިކް ޖޯނަސް އަކީ ބައިނަލްއަގުވާމީ ފެޝަން ހަފްލާތަކުން އަބަދުވެސް އެންމެ ފާހަގަކޮށްލެވޭ އެއް ޖޯޑެވެ.

ޕެރިހުގެ ރީތި މާހައުލުގައި މި ދެމަފިރިން ހޭދަކުރި މި ޚާއްޞަ ރޭގެ ފޮޓޯތަކަށް އިންޓަނެޓްގައި އަންނަނީ ވަރަށް ބޮޑު ތަރުހީބެއް ލިބެމުންނެވެ.

ކޮމެންޓް
ފަހުގެ
HDC