
ސަރުކާރުގެ އިސްވެރިން ނުސީދާކޮށް ނުފޫޒު ބޭނުންކޮށް, ކެމްޕެއިން ކުރިކަމުގެ ތުހުމަތު
# ޕީޕީއެމް# އިދިކޮޅު ކޯލިޝަން# ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2021fac70c3b-a784-482e-b9e1-a2b61cae088a
ދައުލަތުގެ ވެރިން ނުސީދާކޮށް، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ކެމްޕެއިން ކުރެއްވި ކަމަށް އިދިކޮޅު ކޯލިޝަނުން ތުހުމަތުކޮށްފިއެވެ.

އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ކައުންސިލު މެމްބަރު އަަހުމަދު ސިއްދީގު ވިދާޅުވީ، މި އިންތިހާބުގައި ދައުލަތުގެ މީިޑިއާ އާއި ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން، ދައުލަތުގެ ވެރިން ނުސީދާކޮށް، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ކެމްޕެއިން ކުރެއްވި ކަމަށެވެ. އަދި އެއީ ސީރިއަސް މައްސަލައެއް ކަމަށް ސިއްދީގު ވިދާޅުވިއެވެ.
"މި މައްސަލާގައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާމުން ލިބިފައިހުރި ހެކިތަކުގެ މައްޗަށް ބިނާކޮށް، މައްސަލަ އިލެކްޝަން ކޮމިޝަނަށް ހުށަހަޅާނަން". ސިއްދީގު ވިދާޅުވިއެވެ.
މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓުލުން ކުރިއަށްގެންދަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ހެނދުނު 7:00 އިން ހަވީރު 5:00 އަށެވެ. މީގެއިތުރުން ކަރަންޓީނު އަދި ޕޮޒިޓިވްވެގެން އައިސޮލޭޝަންގައި ތިބި މީހުންނަށް ޙާއްޞަކޮށްފައިވާ ގަޑިއަކީ 17:00 އިން 18:00އެވެ
މި އިންތިހާބުގައި ވާދަކުރާނީ 3934 ކެންޑިޑޭޓުންނެވެ. އެއީ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ 2264 ކެންޑިޑޭޓުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވާދަކުރާ 1670 ކެންޑިޑޭޓުންނެވެ. އިންތިހާބުގައި 273،182 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ.
މިއަދުގެ 16:40 އާ ހަމައަށް ވޯޓުލި މީހުންގެ އަދަދަކީ 155192 އެވެ. އެއީ ވޯޓު ލުމުގެ ޙައްގު ލިބިފައިވާ މީހުންގެ 55 ޕަސެންޓެވެ.
ގުޅުންހުރި

ޕީޕީއެމް އުވާލަށް ނިންމައިފި

ޕީޕީއެމް އެތެރޭގެ އިންތިޚާބުގައި ތިނަދޫގައި ވޯޓު ކަރުދާސް ޕްރިންޓުކޮށް އިންތިޚާބު އޮޅުވާލިކަމުގެ ތުހުމަތުތަކެއް

ޕީޕީއެމްގެ އިންތިހާބަކީ ރާއްޖޭގައި ސިޔާސީ މިނިވަންކަން އޮތްކަމުގެ ހެއްކެއް - ފައްޔާޒު
