
ހިންނަވަރު ފުޓްސަލް ދަނޑު ހުޅުވުމުގެ ރަސްމީޔާތުގެ ތެރެއިން.. ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
ސަރުކާރުން ޅ. ހިންނަވަރުގައި ގާއިމުކުރި ފުޓްސަލް ދަނޑު ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު މިއަދު ހުޅުވައިދެއްވައިފިއެވެ.
މިއަދު ހަވީރު ހިންނަވަރުގައި އޮތް ފުޓްސަލް ދަނޑު ހުޅުވުމުގެ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ރާފިއު ވިދާޅުވީ، މި ދަނޑާއެކު މި ރަށާއި އަތޮޅަށް ފުޓުސަލް މުބާރާތްތައް ބޭއްވުމާއި ހުނަރުވެރި ކުޅުންތެރިންތަކެއް އުފެއްދުމަށް ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
އާ ފުޓްސަލް ދަނޑު ހުޅުވުމުގެ ރަސްމިއްޔާތަށްފަހު ވަޒީރު ރާފިޢު ވަނީ އެ ރަށުގެ ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ "ގަނޑިޔަ ފުޓްސަލް ޗެލެންޖު" ފައްޓަވާދެއްވާފައެވެ. މިއީ ކުރީގެ ފުޓްސަލް ދަނޑު ހަލާކުވުމުގެ ސަބަބުން އެ ރަށުގައި ފުޓްސަލް މުބާރާތެއް ނުބޭއްވި އޮތުމަށްފަހު އެ ރަށުގައި ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތެވެ.
މި މުބާރާތުގައި އެރަށުގެ 14 ޓީމު ބައިވެރިވެއެވެ. ސަރުކާރުން ހިންނަވަރުގައި ޤާއިމްކޮށްދެއްވި ފުޓްސަލް ދަނޑަކީ އެ ރަށުގެ ކުރީގެ ފުޓްސަލް ދަނޑު ހަލާކުވިތާ 8 އަހަރު ފަހުން އެ ރަށުގައި ހުޅުވި ދަނޑެކެވެ.މި ދަނޑުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ހަވާލު ކުރީ 2025 ވަނަ އަހަރުގެ މެއި މަހުއެވެ. (އާރު.ޑީ.ސީ)އިން މިމަސައްކަތް ނިންމާފައިވަނީ އަހަރެއްހާ ދުވަހުގެ ތެރޭގައެވެ.







.jpeg?w=3840&q=75)



.jpeg?w=3840&q=75)

