
މާލޭ ބޮޑުތަކުރުފާނު މަގުގެ ފޭސް 1 ގެ ޝީޓް ޕައިލް ކުރުމުގެ މަސައްކަތް 100 އިންސައްތަ ނިންމާލައިފި: އަންގާރަ ދުވަހު ތާރު އަޅަން ފަށަނީ
# އެމްޓީސީސީ-
މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ ބޮޑު މަޝްރޫއު (ފޭސް 1) ގެ ދަށުން ކުރިއަށްދާ ޝީޓް ޕައިލް ކުރުމުގެ ހުރިހާ މަސައްކަތްތަކެއް އެއްކޮށް ނިންމާލައިފިއެވެ.

މި މަޝްރޫއު ކުރިއަށްގެންދާ އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، މިއީ މަގުގެ ސަލާމަތާއި އުމްރާނީ ވަސީލަތްތައް ވަރުގަދަކުރުމަށް ކުރިއަށްގެންދިޔަ މި މަޝްރޫއުގެ އެންމެ މުހިންމު އެއް މަރުހަލާއެވެ. މި މަސައްކަތް 100 އިންސައްތަ ކާމިޔާބުކަމާއެކު ނިމިފައިވާއިރު، މަޝްރޫއުގެ ބާކީ ހުރި ބައިތައް ވެސް މިހާރު ދަނީ ވަރަށް ހަލުވިކަމާއެކު ކުރިއަށެވެ.
މަގުގެ ތަރައްގީގެ މަސައްކަތްތަކުގެ ތެރެއިން ސެގްމެންޓް 4 އަދި ސެގްމެންޓް 5 ގެ ސަބް-ބޭސް އެއްކޮށް ނިންމުމަށްފަހު، މިހާރު ކުރިއަށްދަނީ އެގްރިގޭޓް ބޭސް ކޯސް އެޅުމުގެ ޚާއްސަ މަސައްކަތްތަކެވެ. މި މަސައްކަތްތައް ނިމުމާއެކު، އެ ސަރަހައްދުގައި ތާރުއެޅުމުގެ ) އަމަލީ ބޮޑު މަސައްކަތް އަންނައަންގާރަ ދުވަހު ފެށުމަށް ވަނީ ރަސްމީކޮށް ތާވަލުކޮށްފައެވެ.
މީގެ އިތުރުން، މި ބޮޑު މަޝްރޫއުގެ ދަށުން ކުރިއަށްދާ ފައިނަލް ކީވޯލް ކެޕިންގ ކޮންކްރީޓް ކުރުމުގެ އެންމެ ފަހުގެ މަސައްކަތްތައް ވެސް މި ހަފުތާގެ ތެރޭގައި އެއްކޮށް ކުރިއަށްދާނެއެވެ.
މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަކީ މާލޭގެ ބަނދަރު ސަރަހައްދުގެ ތޮއްޖެހުން ކުޑަކުރުމަށާއި، ބޮޑެތި އުޅަނދުފަހަރަށް ފަސޭހައިން ދަތުރުފަތުރު ކުރެވޭނެ މަގު ފަހިކޮށްދިނުމަށްޓަކައި ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ ވަރަށް ބޮޑު އަދި މުހިންމު އުމްރާނީ މަޝްރޫއެކެވެ.
ގުޅުންހުރި

މާލޭ ބޮޑުތަކުރުފާނު މަގުގެ ފޭސް 1 ގެ ޝީޓް ޕައިލް ކުރުމުގެ މަސައްކަތް 100 އިންސައްތަ ނިންމާލައިފި: އަންގާރަ ދުވަހު ތާރު އަޅަން ފަށަނީ

ތުޅާދޫ ކަލްޗަރަލް ސެންޓަރުގެ މަސައްކަތް ފަށައިފި

ތާރު އަޅަން ފަށާތީ ވެހިކަލްތައް ނަގަން އަންގައިފި




