logoEN
WAMCO TOP 1
ނަފްސާނީ ފުރަތަމަ އެހީ ދޭން ދަސްކޮށްދޭ ޚާއްސަ ތަމްރީން ޕްރޮގްރާމެއް ބާއްވައިފި

ނަފްސާނީ ފުރަތަމަ އެހީ ދޭން ދަސްކޮށްދޭ ޚާއްސަ ތަމްރީން ޕްރޮގްރާމެއް ބާއްވައިފި

އަހުމަދު ޝުރާއު

logo

7/1/2026, 6:39:26 AM

# ހެލްތު މިނިސްޓްރީ

-

މުޖުތަމައުގައި ނަފްސާނީ އަދި އިޖްތިމާއީ ފުރަތަމަ އެހީ ބޭނުންވާ މީހުން ދެނެގަނެ، އެފަދަ ކުއްލި ޙާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ހުނަރުތައް އިތުރުކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ "ސައިކޮލޮޖިކަލް ފަސްޓް އެއިޑް" (PFA) ޓްރެއިނިން ޕްރޮގްރާމް މިއަދު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

THE TRAVELLER AD

މި ތަމްރީން ޕްރޮގްރާމް ނިމުން ފާހަގަކުރުމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ ޤީލާ އަލީ އެވެ.

ނިމިދިޔަ ޖޫން މަހުގެ 29 އިން 30 އަށް މާލޭގައި ކުރިއަށް ގެންދިޔަ މި ބޭނުންތެރި ތަމްރީން ޕްރޮގްރާމަކީ، ކުއްލި ނަފްސާނީ އަޑިގަނޑުތަކާ ކުރިމަތިލާންޖެހޭ ފަރާތްތަކަށް ވަގުތުން އެހީތެރިކަން ދޭނެ ގޮތްތައް ބައިވެރިންނަށް އޮޅުންފިލުވައިދިނުމަށް ހިންގި ހަރަކާތެކެވެ. މިނިސްޓަރު ޤީލާ އަލީ ވަނީ މިފަދަ ތަމްރީންތަކުގެ ސަބަބުން މުޖުތަމައުގައި އެކަކު އަނެކަކަށް އަޅާލުމާއި، ނަފްސާނީ ދުޅަހެޔޮކަމަށް ދޭ ސަމާލުކަން އިތުރުވެގެންދާނެ ކަން ފާހަގަކުރައްވާފައެވެ.

މި ތަމްރީން ޕްރޮގްރާމުގައި ދައުލަތުގެ މުހިންމު މުއައްސަސާތަކުންނާއި އަތޮޅުތެރޭގެ ރަށްރަށުން ގިނަ ފަރާތްތަކެއް ބައިވެރިވިއެވެ. އެގޮތުން ކ. އަތޮޅުގެ ހުރިހާ ރަށަކުން ތަމްސީލުކުރި ބައިވެރިންގެ އިތުރުން، މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ، މޯލްޑިވިއަން ބްލަޑް ސަރވިސަސް އަދި މޯލްޑިވްސް ޕޮލިސް ސަރވިސް ހިމެނޭހެން ޖުމްލަ 25 ފަރާތަކުން މި ތަމްރީނު ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކުރިއެވެ.

މި ޕްރޮގްރާމްގެ ސަބަބުން، ރަށްރަށުގައާއި ސިއްހީ އަދި ސަލާމަތީ ޚިދުމަތްތައް ފޯރުކޮށްދޭ މަރުކަޒުތަކުގައި ނަފްސާނީ ގޮތުން އަޅާލުން ބޭނުންވާ މީހުންނަށް ފުރަތަމަ އެހީގެ ނިޒާމު ފޯރުކޮށްދޭނެ ގާބިލު މީހުން އުފެދިގެންދާނެއެވެ. ސަރުކާރުގެ އަމާޒަކީ މިފަދަ ތަމްރީންތައް ރާއްޖޭގެ އެހެން ސަރަހައްދުތަކަށްވެސް ފުޅާކޮށް، ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާއިން ރައްޔިތުން ހޭލުންތެރިކުރުވުމެވެ.

ކޮމެންޓް
ފަހުގެ
HDC