logoEN
WAMCO TOP 1
ވިލިމާލެ ފަޅުން ޤަވާއިދާ ޚިލާފުވި 17 އުޅަނދެއް ޖޫރިމަނާ ކޮށްފި

ވިލިމާލެ ފަޅުން ޤަވާއިދާ ޚިލާފުވި 17 އުޅަނދެއް ޖޫރިމަނާ ކޮށްފި

އަހުމަދު ޝުރާއު

logo

6/30/2026, 9:25:16 AM

# މާލެ ސިޓީ ކައުންސިލް

-

ވިލިމާލެ ފަޅުތެރެ ތަރުތީބުކޮށް ބެލެހެއްޓުމަށް ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން، ޤަވާއިދާ ޚިލާފަށް ފަޅު ބޭނުންކުރަމުންދިޔަ 17 އުޅަނދެއް މާލެ ސިޓީ ކައުންސިލުން ޖޫރިމަނާ ކޮށްފި އެވެ.

THE TRAVELLER AD

މި އުޅަނދުތަކަކީ، ޤަވާއިދުން ހުއްދަ ނަގައިގެން ފަޅު ބޭނުންކުރާ ފަރާތްތަކަށް ދަތިވާގޮތަށް، އުސޫލުތަކާ ޚިލާފަށް ފަޅުތެރޭގައި ބާއްވާފައިވާ އުޅަނދުތަކެކެވެ.

ފަޅުތެރޭގެ ތަރުތީބު ގެއްލޭގޮތަށް ހުރި މި އުޅަނދުތަކާ މެދު ފިޔަވަޅު އަޅަން ފަށާފައިވަނީ، ފަޅު ބޭނުންކުރާ އެހެން ފަރާތްތަކަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުންނެވެ.

ވިލިމާލޭގެ ފަޅަކީ، މާލެ ސިޓީ ކައުންސިލުން ބަލަހައްޓަމުން އަންނަ ސަރަހައްދެކެވެ. ފަޅުތެރޭގެ އިންތިޒާމުތައް ހަމަޖެއްސުމަށާއި، ހުއްދަ ނެތި ފަޅު ބޭނުންކުރާ އުޅަނދުފަހަރު މަދުކުރުމަށް ކައުންސިލުން އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.

ކައުންސިލުން އިލްތިމާސް ކުރަނީ ފަޅު ބޭނުންކުރުމުގައި ކަނޑައެޅިފައިވާ ޤަވާއިދުތަކަށް ހުރިހައި ފަރާތްތަކުން ވެސް އިޙްތިރާމްކުރުމަށެވެ. އަދި ޤަވާއިދާ ޚިލާފަށް ފަޅުގައި އަޅައިފައި ހުންނަ އުޅަނދުތަކާމެދު، ކުރިއަށް އޮތް ތަނުގައި ވެސް ފިޔަވަޅު އަޅަމުންދާނެކަމަށް ވެސް ކައުންސިލުން ހާމަކުރެއެވެ.

ކޮމެންޓް
ފަހުގެ
HDC