
ކުއްލި ހާލަތްތަކަށް ތައްޔާރުވުމަކީ ވަކި އިދާރާއަކަށް އެކަނި ކުރެވޭނެ ކަމެއް ނޫން، ބޭނުންވަނީ މުއައްސަސާތަކުގެ ބަދަހި ގުޅުން - ޝަރީފް
# އެމްއޭސީއެލް-
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ދިމާވެދާނެ ކުއްލި ނުރައްކަލުގެ ހާލަތްތަކަށް ތައްޔާރުވުމަކީ ވަކި އިދާރާއަކަށް އެކަނި ކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެއީ ހުރިހާ ހިއްސާދާރުންގެ މެދުގައި އޮންނަ އިތުބާރާއި ހާމަކަންބޮޑު މުޢާމަލާތްތަކެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) ގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެއާޕޯޓުގެ ސަލާމަތީ ނިޒާމު ވަރުގަދަކުރަން ތިން މުއައްސަސާއަކާއެކު ފަހުމުނާމާގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސީއީއޯ ވަނީ ކުއްލި ހާލަތްތަކަށް ތައްޔާރުވުމުގައި ބަދަހި ގުޅުންތަކުގެ މުހިންމުކަން ވަރަށް ބޮޑަށް ފާހަގަކުރައްވާފައެވެ.
އިބްރާހިމް ޝަރީފް ވިދާޅުވީ، ރާއްޖޭގެ މައި އެއަރޕޯޓަކީ އަބަދުވެސް ތަފާތު ބަދަލުތައް އަންނަ ތަނަކަށް ވުމާއެކު، އެއަރޕޯޓުގެ އޮޕަރޭޝަންތައް އެއްވެސް މެދުކެނޑުމެއްނެތި ކުރިއަށް ގެންދެވޭނީ ކަމާބެހޭ ހުރިހާ ފަރާތްތަކެއްގެ މެދުގައި އޮންނަ ފައިދާހުރި ކޯޑިނޭޝަނެއްގެ ސަބަބުން ކަމަށެވެ. މިއަދު ސޮއިކުރެވުނު އެއްބަސްވުންތަކުގެ ސަބަބުން ކަމާގުޅުންހުރި މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެ، އެކި ފަރާތްތަކުގެ ޒިންމާތައް ހިއްސާކުރުމަށް ބޮޑު މަގުފަހިކަމެއް ލިބިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ފަހުމުނާމާތަކުގެ ސަބަބުން އުފެދޭ ގުޅުންތަކުގެ ތެރެއިން އެއާޕޯޓުގެ އޮޕަރޭޝަނަލް އުސޫލުތައް އިތުރަށް ހަރުދަނާވެ، މުއައްސަސާތައް ގުޅިގެން ހިންގާ ތަމްރީނުތަކާއި މަޢުލޫމާތު ބަދަލުކުރުމުގެ މަސައްކަތްތައް އިތުރުވާނެކަން ސީއީއޯ ފާހަގަކުރެއްވިއެވެ. އަދި މީގެ އެންމެ ބޮޑު ބޭނުމަކީ ކުއްލި ހާލަތްތަކުގައި އަވަސް އަދި ހަލުވި ފިޔަވަޅުތަކެއް އެޅުމުގެ ޤާބިލުކަން އެއާޕޯޓުގައި ކުރިއަށްވުރެ އެތައް ގުނައެއް އިތުރުކުރުން ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
އެން.ޑީ.އެމް.އޭ، އެމް.އެމް.އެސް އަދި އެމް.އާރް.ސީ އިން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވަމުން ސީއީއޯ ވިދާޅުވީ، މި މަސައްކަތްތަކަކީ ފަސިންޖަރުންނާއި މުވައްޒަފުންގެ އިތުރުން މުޅި އޭވިއޭޝަން ދާއިރާގެ ރައްކާތެރިކަމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތެއް ކަމަށެވެ. އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ޚިދުމަތްތައް އެންމެ މަތީ ފަންތީގައި ދެމެހެއްޓުމަށްޓަކައި، ކަމާގުޅޭ ހުރިހާ އިދާރާތަކާއެކު އެމް.އޭ.ސީ.އެލް އިން އަބަދުވެސް ގާތުން މަސައްކަތްކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދު ދެއްވިއެވެ.
ގުޅުންހުރި

އޭވިއޭޝަން އިންސްޓިޓިއުޓާއެކު ދާއިރާއަށް ބޭނުންވާ ގާބިލު މީހުން ބިނާކުރުން ހަލުވިވެގެންދާނެ - ޝަރީފް

އެމްއޭސީއެލްގެ އޭވިއޭޝަން އިންސްޓިޓިއުޓް އިފްތިތާހުކޮށް، ފުރަތަމަ ދަސްވެނިންނަށް ސެޓްފިކެޓް ހަވާލުކޮށްފި

ވީއައިއޭގައި ސިއްހީ ކުއްލި ހާލަތަކަށް ތައްޔާރުވުމުގެ އިމަޖެންސީ އެކްސަސައިޒެއް ކާމިޔާބުކަމާއެކު ނިންމާލައިފި
.jpg&w=3840&q=75)



