
ޕީޖީން އަންގައިގެން ބަލާ މައްސަލަތައް އަވަސް ކުރަން އޭސީސީގެ ގަވައިދަށް ބަދަލެއް ގެނެސްފި
# އޭސީސީ# ޕީޖީ އޮފީސްއޭސީސީގެ ރައީސް އާދަމް ޝާމިލް- ފޮޓޯ: އޭސީސީ
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން (ޕީޖީ) އިން އަންގައިގެން ތަހުގީގު ކުރާ ކޮރަޕްޝަންގެ މައްސަލަތައް އަވަހަށް ނިންމަންޖެހޭ ގޮތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ތަހުގީގު ކުރުމުގެ އިޖުރާއަތުގެ ގަވައިދަށް ބަދަލު ގެނެސްފި އެވެ.

އޭސީސީން 2014 ވަނަ އަހަރު އެކުލަވާލި ގަވައިދަށް އިތުރު ބާބެއް ގެނެސް ކޮމިޝަންގެ މައްޗަށް އަންގާ އެންގުންތަކާ ގުޅޭ ގޮތުން އަމަލުކުރާނެ ގޮތްތައް ހިމަނާ ގަވައިދު ގެޒެޓްކޮށްފައިވަނީ މިއަދު އެވެ.
އެ ބާބުގައި ވަނީ ޕީޖީގެ ފަރާތުން ވަކި މައްސަލައެއް ބަލަން ކޮމިޝަނަށް އަންގައިފި ނަމަ އެ މައްސަލައަކަށް ހާއްސަ އިސްކަމެއް ދީގެން ނިންމާނެ ގޮތުގެ އިޖުރާއަތްތަކެވެ.
ގަވާއިދަށް ގެނައި އިސްލާހުގައިވާ ގޮތުން ޕީޖީން އަންގައިގެން ބަލާ މައްސަލަތައް އަވަހަށް ކޮމިޝަނުން ނިންމަން ވާނެ އެވެ. އެގޮތަށް އަންގާ މައްސަލައަކީ އޭސީސީގައި ރަޖިސްޓަރީ ކޮށްފައި ނުވާ މައްސަލައެއް ނަމަ އެ މައްސަލައެއް ރަޖިސްޓަރީ ކުރަން ވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
އަދި، ޕީޖީ ނެރޭ އަމުރެއްގެ ދަށުން ކަމެއް ކަށަވަރު ކުރަން އޭސީސީއަށް އަންގައިފި ނަމަ އެކަމަށް ކޮމިޝަނުން ހިންގާ ތަހުގީގު ވެސް އަވަހަށް ނިންމަން ޖެހޭނެ ކަމަށް ގަވާއިދަށް އަލަށް ގެނައި ބާބުގައި ބުނެފައިވެ އެވެ.
ގަވައިދުގައިވާ ގޮތުން ޕީޖީ އެންގުމެއް އަންގައިފި ނަމަ އަދި އެ އެންގުމަކާ ގުޅިގެން އަމަލު ކުރާނެ ވަކި މުއްދަތެއް ކަނޑައަޅާފައި ނެތް ނަމަ އެ އެންގުމެއް އަންގާތާ ހަތް ދުވަހުގެ ތެރޭގައި ޕީޖީ އޮފީހަށް އޭސީސީން ޖަވާބުދާރީވާން ޖެހޭނެ އެވެ.
އެ މުއްދަތުގައި ޖަވާބުދާރީ ނުވެވޭނެ ނަމަ އިތުރު ހަތް ދުވަސް ދިނުމަށް ކޮމިޝަނަށް އެދެވިދާނެ ކަމަށް ވެސް ގަވައިދުގައިވެ އެވެ.
ގުޅުންހުރި

ޕީޖީން އަންގައިގެން ބަލާ މައްސަލަތައް އަވަސް ކުރަން އޭސީސީގެ ގަވައިދަށް ބަދަލެއް ގެނެސްފި

ދަޢުލަތުގެ މާލިއްޔަތު ޤާނޫނަށް އޭސީސީގެ މުވައްޒަފުން އަހުލުވެރިކުރުމުގެ ތަމްރީން ޕްރޮގްރާމެއް ހިންގައިފި

ބައްސާމުގެ މައްޗަށް މަނީ ލޯންޑްރިންގގެ ދައުވާ ކުރަން ޕީޖީއަށް ފޮނުވައިފި




