logoEN
WAMCO TOP 1
ޙާފިޡުކަމުގެ ސަނަދު އެންމެ މަތީ ދަރަޖައިގައި ޙާސިލްކުރި ފާޠިމަތުގެ އަގު ވަޒީރު ޑރ. ޝަހީމް ވަޒަންކުރައްވައިފި

ޙާފިޡުކަމުގެ ސަނަދު އެންމެ މަތީ ދަރަޖައިގައި ޙާސިލްކުރި ފާޠިމަތުގެ އަގު ވަޒީރު ޑރ. ޝަހީމް ވަޒަންކުރައްވައިފި

އަހުމަދު ޝުރާއު

logo

6/24/2026, 9:00:02 AM

# އިސްލާމިކް މިނިސްޓްރީ

-

ކީރިތި ޤުރުއާން ފުރިހަމައަށް ހިތުދަސްކުރައްވައި، ރާއްޖޭގެ ޙާފިޡުކަމުގެ ރަސްމީ ސަނަދު އެންމެ މަތީ ދަރަޖައިގައި ޙާސިލްކުރި އަލްޙާފިޡާ ފާޠިމަތު ބިންތު މުޙައްމަދު ފަރީޝްއާ، އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ރަސްމީކޮށް ބައްދަލުކުރައްވައިފިއެވެ.

THE TRAVELLER AD

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމަކީ ކީރިތި ޤުރުއާން އުނގެނުމާއި ދަސްކޮށްދިނުމުގެ ދާއިރާއިން ޒުވާނުން ހޯދާ ކާމިޔާބީތައް ފާހަގަކޮށް، ހިތްވަރުދިނުމުގެ ގޮތުން ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ.

މި ބައްދަލުކުރެއްވުމުގައި ވަޒީރު ޑރ. ޝަހީމް ވަނީ، އަލްޙާފިޡާ ފާޠިމަތު ބިންތު މުޙައްމަދު ފަރީޝް ދީނީ ގޮތުންނާއި ތަޢުލީމީ ގޮތުން ހޯއްދެވި އެ ފުރިހަމަ އަދި ޝަރަފުވެރި ކާމިޔާބީއަށްޓަކައި ދައުލަތާއި ވުޒާރާގެ ނަމުގައި ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

އަދި ކީރިތި ޤުރުއާނުގެ ބަރަކާތްތެރި ރޮނގުން އިތުރަށް ކުރިއަށް ދިއުމަށާއި، މުޖުތަމަޢުގައި ޤުރުއާނުގެ މަތިވެރި ޢިލްމު ފެތުރުމުގައި ދެމިހުރުމަށް ފާޠިމަތަށް ވަރަށް ބޮޑަށް ހިތްވަރު ދެއްވިއެވެ.

އުމުރުން އެންމެ 16 އަހަރުގެ ޒުވާން އަލްޙާފިޡާ ފާޠިމަތު ބިންތު މުޙައްމަދު ފަރީޝް، ކީރިތި ޤުރުއާން ހިތުދަސްކޮށް ޙާފިޡުކަމުގެ ރަސްމީ ސަނަދު ޙާސިލްކޮށްފައިވަނީ މި ހިނގާ ޖޫން މަހުގެ 16 ވަނަ ދުވަހުއެވެ.

ފާހަގަކޮށްލަންޖެހޭ އެންމެ ހާއްސަ އެއް ކަމަކީ، އޭނާ މި ސަނަދު ހާސިލްކުރީ އިމްތިޙާނު ކުރި ބޯޑުން އެންމެ މަތީ މާކްސް ލިބޭ ފަރާތްތަކަށްދޭ "އެއް ވަނަ ދަރަޖަ"ގައި ފާސްވެގެން ކަމަށްވާތީއެވެ.

ކޮމެންޓް
ފަހުގެ
HDC