(1).jpeg&w=3840&q=75)
-
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު އަދި ލޭބަރ ޕާޓީގެ ލީޑަރު ސަރ ކޭރް ސްޓާމަރ، އެމަނިކުފާނުގެ މަޤާމުން އިސްތިއުފާދެއްވުމަށާއި ޕާޓީގެ ލީޑަރުކަމުން ވަކިވެވަޑައިގަތުމަށް ނިންމަވައި އެކަން ރަސްމީކޮށް އިޢުލާން ކުރައްވައިފިއެވެ.

ސްޓާމަރ މި ބޮޑު ނިންމެވުން ނިންމެވީ ފަހަކަށް އައިސް ސިޔާސީ ގޮތުން ކުރިމަތިވި ނާކާމިޔާބީތަކާއި، އާންމުންގެ ތާއީދު ވަރަށް ބޮޑަށް ދަށަށް ދިއުމުގެ ސަބަބުން ޕާޓީގެ އެތެރެއިން ކުރިމަތިވަމުންދިޔަ ވަރުގަދަ ޕްރެޝަރުތަކާ ގުޅިގެންނެވެ.
ބޮޑުވަޒީރުގެ ރަސްމީ އިދާރާ، 10 ޑައުނިންގ ސްޓްރީޓްގެ ބޭރުގައި ހުންނަވައި މިއަދު ދެއްވި ބަޔާނެއްގައި ސްޓާމަރ ވަނީ، އެމަނިކުފާނުގެ ސިޔާސީ ކުރިމަގާ މެދު ފާއިތުވި ދުވަސްތަކުގައި ދެކެވެމުންދިޔަ ވާހަކަތަކަށް ނިމުން ގެންނަވައި މަޤާމުން ވަކިވެވަޑައިގަންނަވާނެކަން ކަށަވަރުކޮށްދެއްވާފައެވެ. މި ކުއްލި އިޢުލާން މި އައީ 2024 ވަނަ އަހަރު ބޭއްވި ޢާންމު އިންތިޚާބުގައި ލޭބަރ ޕާޓީން ހޯދި ތާރީޚީ އަދި ބޮޑު ކާމިޔާބީއަށް ދެ އަހަރުވެސް ނުވަނީހެވެ.
ޚަބަރުތައް ބުނާގޮތުން، ގްރޭޓަރ މެންޗެސްޓަރގެ ކުރީގެ މޭޔަރ އެންޑީ ބާންހަމްއަށް ލޭބަރ ޕާޓީގެ އެތެރެއިން އޮތް ތާއީދު ބޮޑުވުމާއި، މިހާރުގެ ސަރުކާރުގެ ހިންގުމާ މެދު އުފެދުނު ކަންބޮޑުވުންތަކުގެ ސަބަބުން، ޕާޓީގެ ލީޑަރޝިޕް ބަދަލުކުރުމަށް ގޮވާލާ އަޑުތައް ވަނީ ވަރަށް ބޮޑަށް ގަދަވެފައެވެ. ސްޓާމަރ ވިދާޅުވީ، ސަރުކާރުގައި ހާސިލުކުރެވުނު ކަންކަމަށާއި، ލޭބަރ ޕާޓީ އަލުން ކޮޅަށް ޖެހުމަށް ކުރެއްވި މަސައްކަތްޕުޅުތަކަށް ފަޚުރުވެރިވާ ކަމަށެވެ. ނަމަވެސް، މިއީ ޕާޓީގެ ލީޑަރޝިޕް އައު ޖީލަކަށް ބަދަލުކުރަންވީ ވަގުތުކަން ޤަބޫލުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
14 އަހަރަށްފަހު ލޭބަރ ޕާޓީއަށް ފުރަތަމަ ފަހަރަށް އިންތިޚާބީ ބޮޑު ކާމިޔާބީއެއް ހޯދައިދެއްވައި، ޖުލައި 2024 ގައި ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެންނެވި ސްޓާމަރގެ އިސްތިއުފާއާއެކު، ލޭބަރ ޕާޓީން މިހާރު ދަނީ އައު ލީޑަރަކު ހޮވުމުގެ މަރުޙަލާ ފެށުމަށް ތައްޔާރުވަމުންނެވެ. އަދި ސްޓާމަރގެ جަގަޔަށް ދެން ވަޑައިގަންނަވާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ބޭފުޅުންގެ ކުރީގައި އުޅުއްވަނީވެސް އެންޑީ ބާންހަމްއެވެ.
ގުޅުންހުރި
(1).jpeg&w=3840&q=75)
އިނގިރޭސި ބޮޑުވަޒީރު ކޭރް ސްޓާމަރ މަޤާމުން އިސްތިއުފާދެއްވަން ނިންމަވައިފި

އަދަދު ނޫހުގެ އޮފީސް ރެއިޑްކުރުމުން އިނގިރޭސިވިލާތުގެ ސަފީރު ކޮންބޮޑުވުން ފާޅުކުރައްވައިފި

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކާއި ގުޅިގެން އިނގިރޭސިވިލާތުގެ ސަފީރާއެކު މަޝްވަރާކޮށްފި




