
ފުލުހުންގެ އިދާރާ
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑިރެކްޓަރު އިސްމާއިލް އަބްދުއްރަހީމް (އިސޫ) އަށް ތޫނު އެއްޗަކުން ހަމަލާދިން މީހާގެ ބަންދަށް ހުޅުމާލެ ކޯޓުން 5 ދުވަހަށް ޖަހައިފި އެވެ.

ފުލުހުން ބުނެފައިވަނީ މި ހާދިސާ ހިނގީ ރޭ ހުޅުމާލެ ފޭސް 2 ގެ ހިއްކި ބިމުގެ ސަރަހައްދުގައި ކަމަށާއި މި ހާދިސާގައި 2 މީހަކު ޒަހަމްވެ ހޮސްޕިޓަލުގައި ފަރުވާދީފާއިވާ ކަމަށެވެ. އަދި ޒަހަމްވީ 21 އަހަރުގެ ފިރިހެނަކާއި 34 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އޭގެތެރެއިން 21 އަހަރުގެ 21 އަހަރުގެ މީހާ ފަރުވާއަށް ފަހު ހޮސްޕިޓަލުން ދޫކޮށްލުމުން މާރާމާރި ހިންގި ކަމުގެ ތުހުމަތުގައި މިހާރު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި ޒަހަމްވި އެކަކީ އިސްމާއިލް އަބްދުއްރަހީމް (އިސޫ) ކަމަށް އިނގިފައިވެ އެވެ.
ފުލުހުން ބުނެފައިވަނީ މި ހާދިސާގައި 21 އަހަރުގެ ފިރިހެން މީހާގެ ބަންދަށް ހުޅުމާލެ ކޯޓުން 5 ދުވަސް ޖަހާފައިވާ ކަމަށެވެ.
ގުޅުންހުރި

ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވި މީހަކު 25 އަހަރަށް ޖަލަށް!

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

"މަދިރިން ރައްކާ" ކެމްޕޭނު: އިއްޔެ އެކަނިވެސް އަމާން ޓަވަރުތަކުގެ ސަރަހައްދުން 670 ޓަނުގެ ކުނި އުކާލައިފި




