
ހާޖަރު ބިންތި މުހައްމަދު ތައުފީގު އަލީ ... ފޮޓޯ: ގާފު ސްޕޯޓްސް / އަހުމަދު ޝުރާއު
ރާއްޖެ ޖޫނިއަރ ކެރަމް ޗެމްޕިއަންޝިޕް، 16 އަހަރުންދަށުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހާޖަރު ބިންތި މުހައްމަދު ތައުފީގު އަލީ ހޯދައިފިއެވެ.
16 އަހަރުން ދަށުގެ އަންހެން ސިންގަލް ޗެމްޕިއަންކަން ހާޖަރު ހޯދީ ފައިނަލުގައި ފަސޭހަކަމާއެކު 0-25 ގެ ތަފާތުބޮޑު ނަތީޖާއަކުން މަރިޔަމް ޝައުން އަލީ މަސީހު ބަލިކުރުމަށްފަހު އެވެ.
މުބާރާތުގެ ފައިނަލުން ޝައުން ޖާގަހޯދީ މިއުމުރުފުރާގެ ސެމީފައިނަލް ފުރަތަމަ މެޗުގައި 12-4 ގެ ނަތީޖާއަކުން އައިޝަތު ރީމް ބަލިކުރުމަށްފަހު އެވެ. އަދި ހާޖަރު ފައިނަލުން ޖާގަހޯދީ ސެމީފައިނަލްގެ ދެވަނަ މެޗުގައި 11-4 ނަތީޖާއަކުން އައިޝަތު އަލީޝާ ނާފިއު ބަލިކުރުމަށްފަހު އެވެ.
6 ޖޫން 2026 އިން 13 ޖޫން 2026 ގެ ނިޔަލަށް ހުޅުމާލޭ ކެރަމް ހޯލުގައި ކުރިއަށްދިޔަ ރާއްޖެ ޖޫނިއާރ ކެރަމް ޗެމްޕިއަންޝިޕުގައި މިއަހަރު މާލޭގެ 16 ސްކޫލަކުން 458 ކުޅުންތެރިން ވާދަކުރިއިރު، 16 އަހަރުން ދަށުގެ ފިރިހެން ޑިވިޝަނުގައި 12 ސުކޫލަކުން 65 ކުޅުންތެރިން ވާދަކޮށްފައިވެއެވެ.




.jpeg?w=3840&q=75)



.jpeg?w=3840&q=75)



.jpeg?w=3840&q=75)

%20(1).jpg?w=3840&q=75)