logoEN
WAMCO TOP 1
ރާއްޖެ ޖޫނިއަރ ކެރަމް ޗެމްޕިއަންޝިޕް: 14 އަހަރުންދަށް އަންހެން ސިންގަލްސް ޗެމްޕިއަންކަން އަނުމް ހޯދައިފި

ރާއްޖެ ޖޫނިއަރ ކެރަމް ޗެމްޕިއަންޝިޕް: 14 އަހަރުންދަށް އަންހެން ސިންގަލްސް ޗެމްޕިއަންކަން އަނުމް ހޯދައިފި

ހަސަން ޝަމްއޫން

logo

6/13/2026, 9:48:18 AM

# ދިވެހި ކުޅިވަރު # ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް# ރާއްޖެ ޖޫނިއަރ ކެރަމް ޗެމްޕިއަންޝިޕް 2026

އަނުމް އަހުމަދު ވަހީދު.. ފޮޓޯ: ގާފު ސްޕޯޓްސް / އަހުމަދު ޝުރާއު

ރާއްޖެ ޖޫނިއަރ ކެރަމް ޗެމްޕިއަންޝިޕް، 14 އަހަރުންދަށުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން އަނުމް އަހުމަދު ވަހީދު ހޯދައިފިއެވެ.

THE TRAVELLER AD

14 އަހަރުން ދަށުގެ އަންހެން ސިންގަލް ޗެމްޕިއަންކަން އަނުމް ހޯދީ ފައިނަލުގައި ފަސޭހަކަމާއެކު 9-24 ގެ ތަފާތުބޮޑު ނަތީޖާއަކުން ޒިއުނާ ބިންތި ނަޝީދު ބަލިކުރުމަށްފަހު އެވެ.

މުބާރާތުގެ ފައިނަލުން އަނުމް ޖާގަހޯދީ މި އުމުރުފުރާގެ ސެމީފައިނަލް ފުރަތަމަ މެޗުގައި ފަސޭހަކަމާއެކު 21-6 ގެ ތަފާތުބޮޑު ނަތީޖާއަކުން ފާތިމަތު ނޫރާ ބިންތު ނާޝިދު އިބްރާހިމް ބަލިކުރުމަށްފަހު އެވެ. އަދި ޒިއުނާ ފައިނަލުން ޖާގަހޯދީ ސެމީފައިނަލްގެ ދެވަނަ މެޗުގައި 0-14 ގެ ތަފާތުބޮޑު ނަތީޖާއަކުން އައިނީ އަބްދުﷲ މުހައްމަދު ބަލިކުރުމަށްފަހު އެވެ.

6 ޖޫން 2026 އިން 13 ޖޫން 2026 ގެ ނިޔަލަށް ހުޅުމާލޭ ކެރަމް ހޯލުގައި ކުރިއަށްދިޔަ މި ރާއްޖެ ޖޫނިއަރ ކެރަމް ޗެމްޕިއަންޝިޕުގައި މިއަހަރު މާލޭގެ 16 ސްކޫލަކުން 458 ކުޅުންތެރިން ވާދަކުރިއިރު، 14 އަހަރުން ދަށުގެ އަންހެން ޑިވިޝަނުގައި 12 ސުކޫލަކުން 60 ކުޅުންތެރިން ވާދަކޮށްފައިވެއެވެ.

ކޮމެންޓް
ފަހުގެ
HDC