
-
ދިވެހިރާއްޖޭގައި ހުންނަ އެމެރިކާގެ އެމްބަސީއަށް އަލަށް ޢައްޔަނުކުރެއްވި ޝާޒޭ ދަފެއަރ މރ. ޑޭވިޑް ވިލިއަމްސް، ދިވެހިރާއްޖޭގެ ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ދިފާޢީ ވުޒާރާގައި ބޭއްވުނު މި ރަސްމީ ބައްދަލުވުމުގައި، ދެ ބޭފުޅުން ވަނީ ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު ޤާއިމްކޮށްފައިވާ ގާތް ގުޅުންތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުންނާއި، ދެޤައުމުގެ ސަލާމަތީ މަސްލަހަތުތަކާ ގުޅުންހުރި ދާއިރާތަކުން އިސްތިރާޖީ އެއްބާރުލުން އިތުރުކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ.
އެމެރިކާގެ ޝާޒޭ ދަފެއަރގެ އިތުރުން، ބަންގްލަދޭޝް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސަލަންސީ ޑރ. ނަޒްމުލް އިސްލާމްވެސް ވަނީ ދިފާޢީ ވަޒީރު ޙަސަން ރަޝީދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ.
މި ބައްދަލުވުމުގައި ދެޤައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުންތައް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނުއިރު، ބަންގްލަދޭޝް ސަރުކާރުން ރާއްޖޭގެ ދިފާޢީ ބާރުގެ ތަރައްޤީއަށް ދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި ވަޒީރު ޙަސަން ރަޝީދު ވަނީ ބަންގްލަދޭޝް ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.
ރާއްޖޭގެ ދިފާޢީ ވުޒާރާއިން ދަނީ ބޭރުގެ ރަހުމަތްތެރި ޤައުމުތަކާ ގުޅިގެން ރާއްޖޭގެ ސަރަހައްދީ ސަލާމަތާއި ދިފާޢީ ޤާބިލުކަން އިތުރުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ގުޅުންހުރި

ދިފާޢީ ދާއިރާއިން އެމެރިކާއާއިއެކު އެއްބާރުލުން އިތުރު ކުރުމަށް މަޝްވަރާކޮށްފި

އެމެރިކާގެ އެސިސްޓަންޓް ސެކްރެޓަރީ ޗުލިކް، ރާއްޖޭގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރާ ބައްދަލުކުރައްވައިފި

ދިފާޢީ ދާއިރާއިން އެމެރިކާއާއިއެކު އެއްބާރުލުން އިތުރު ކުރުމަށް މަޝްވަރާކޮށްފި




