
އެމެރިކާގެ އެސިސްޓަންޓް ސެކްރެޓަރީ ޗުލިކް، ރާއްޖޭގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރާ ބައްދަލުކުރައްވައިފި
# ރާއްޖެ - އެމެރިކާ-
އެމެރިކާގެ ބިއުރޯ އޮފް ސައުތު އެންޑް ސެންޓްރަލް އޭޝިއަން އެފެއާޒްގެ ޕްރިންސިޕަލް ޑެޕިއުޓީ އެސިސްޓަންޓް ސެކްރެޓަރީ އެލިޒަބަތު ޗުލިކް، ރާއްޖޭގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު (އެންއެސްއޭ) އިބްރާހީމް ލަޠީފްއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު އޮތް ގާތް ބައިލެޓްރަލް ގުޅުމާއި، ދެ ޤައުމުގެ ބައިވެރިވުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފައިވެއެވެ.
މީގެ އިތުރުން، ދެ ޤައުމުންވެސް އިސްކަންދޭ މުހިންމު ކަންތައްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާއި، ދެ ޤައުމުގެ އިޤްތިޞާދީ ކުރިއެރުމަށް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ދެ ބޭފުޅުން ޚިޔާލު ބަދަލުކުރެއްވިއެވެ.
އެމެރިކާގެ ބިއުރޯ އޮފް ސައުތު އެންޑް ސެންޓްރަލް އޭޝިއަން އެފެއާޒްގެ ޕްރިންސިޕަލް ޑެޕިއުޓީ އެސިސްޓަންޓް ސެކްރެޓަރީ އެލިޒަބަތު ޗުލިކް މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެެއިން އިއްޔެ ވަނީ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމްއާއިވެސް ބައްދަލުކުރައްވާފައި އެވެ.
ގުޅުންހުރި

އެމެރިކާގެ އެސިސްޓަންޓް ސެކްރެޓަރީ ޗުލިކް، ރާއްޖޭގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރާ ބައްދަލުކުރައްވައިފި

ދިފާޢީ ދާއިރާއިން އެމެރިކާއާއިއެކު އެއްބާރުލުން އިތުރު ކުރުމަށް މަޝްވަރާކޮށްފި

ރާއްޖެއާއި އެމެރިކާއާ ދެމެދު ތިމާވެށީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި




