logoEN
WAMCO TOP 1
އިރާގުގެ ސަހަރާއެއްގެ ތެރޭގައި އެމެރިކާގެ ހުއްދައާއިއެކު އިޒްރޭލުން ސިއްރު ބޭސްއެއް ގާއިމްކުރިކަން ފަޅާއަރައިފި: މައްސަލަ އދ އަށް!

އިރާގުގެ ސަހަރާއެއްގެ ތެރޭގައި އެމެރިކާގެ ހުއްދައާއިއެކު އިޒްރޭލުން ސިއްރު ބޭސްއެއް ގާއިމްކުރިކަން ފަޅާއަރައިފި: މައްސަލަ އދ އަށް!

އަހުމަދު ޝުރާއު

logo

5/10/2026, 8:55:08 AM

# އިސްރާއިލް

މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އިރާނާއި އެމެރިކާއާ އަދި އިޒްރޭލާއި ދެމެދު ހަނގުރާމަ ފެށުމުގެ ކުރީން އިޒްރޭލުން އިރާގުގެ ހަނަފަސް ސަހަރާއެއްގެ ތެރޭގައި ސިއްރިއްޔާތުގައި ބޭސްއެއް ގާއިމްކުރިކަން ފަޅާއަރައިފި އެވެ.

THE TRAVELLER AD

މިކަން ހާމަކުރީ މިއަދު އެމެރިކާގެ އެންމެ އިތުބާރުހުރި ނޫސް ކަމަށްވާ ވޯލް ސްޓްރީޓް ޖާނަލްއިން ނެރުނު ޚާއްސަ ރިޕޯޓެއްގައި އެވެ.

އެގޮތުން ވޯލް ސްޓްރީޓް ޖާނަލް އިން ރިޕޯޓްކުރާ ގޮތުގައި އިސްރާއީލުން އީރާނާއެކު ހަނގުރާމަ ފެށުމުގެ ކުރިން އިރާގުގެ ހަނަފަސް ސަހަރާއެއްގެ ތެރޭގައި ސިއްރުން އަސްކަރީ މަރުކަޒެއް ގާއިމްކުރިއެވެ. އަދި އެކަން އެމެރިކާއަށްވެސް އޭރު އެނގެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އެ ބޭސް އިސްރާއީލުން ބޭނުންކުރަމުންދިޔައީ ޔަހޫދީ ސްޕެޝަލް ފޯސްތައް ގާއިމްވެ ތިބުމަށާއި، އީރާނާ ދެކޮޅަށް އިސްރާއީލުން ވައިގެ ހަމަލާތަކަށް ލޮޖިސްޓިކަލް ސަޕޯޓް ފޯރުކޮށްދިނުމަށެވެ. ވަކީން ޚާއްސަކޮށް ހަނގުރާމާގައި ވެއްޓޭ އުޅަނދުތަކުގެ ޕައިލެޓުން ހޯދުމާއި ސަލާމަތް ކުރުމުގެ މިޝަންތައް ވެސް ކުރިޔަށް ގެންދިޔުމަށް މި ބޭސް ބޭނުންކުރިކަމަށްވެއެވެ.

ރިޕޯޓުތައް ބުނާގޮތުގައި ބޭސްގެ މައުލޫމާތު އިރާގަށް ލިބުނީ އެސަރަހައްދުގައި ބަކަރި ހުއިހައްޕާ ބަޔަކަށް އެސަރަހައްދުން ޝައްކުކުރެވޭ ކަންތައްތަކެއް ފާހަގަކުރެވިގެން އިރާގުގެ ސަލާމަތީ ބާރުތަކަށް ރިޕޯޓުކުރުމުންނެވެ،

އެގޮތުން އިރާގުގެ ސިފައިން އެސަރަހައްދަށް ވަންނަށް މަސައްކަތްކުރުމުން އިޒްރޭލުން އިރާގުގެ ސިފައިންނަށް ހަމަލާދީ ދެ ސިފައިން މަރާލި ކަމަށްވެސް ވޯލް ސްޓްރީޓުގެ ރިޕޯޓުގައި ވެއެވެ.

އެ ހާދިސާއާ ގުޅިގެން އިރާގުން ފަހުން ވަނީ އެމައްސަލަ އދ. ގެ ސަލާމަތީ ކަންކަމާއި ބެހޭ ކައުންސިލަށް ރަސްމީކޮށް ހުށަހަޅާފައި އެވެ.

ކޮމެންޓް
ފަހުގެ
HDC