
-
ދިވެހިރާއްޖޭގައި ހުންނަ އެމެރިކާ އެމްބަސީގައި ހުންނަވާ ޝާޒޭ ދަފެއަރ މިސް. ޗުނޮންގ ސެއިގަރ، ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި، ދެ ބޭފުޅުން މަޝްވަރާކުރެއްވީ، ދެ ޤައުމުގެ ދެމެދުގައި ޤާއިމްކޮށްފައިވާ ދިފާޢީ ދާއިރާއިން އެއްބާރުލުން އިތުރު ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުންނެވެ.
އެމެރިކާ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ ދިފާޢީ ދާއިރާގެ ތަރައްޤީއަށް ދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކުރައްވައި، އެމެރިކާ ސަރުކާރަށް ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޝުކުރު އަދާކުރެއްވިއެވެ.
މިއީ ވަޒީރު ހަސަން ރަޝީދު ވަޒީރު ކަމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު ރާއްޖެއާއިއެކު ދިފާއީ ދާއިރާއިން އެއްބާރުލުންދެމުންދާ ގައުމުތަކާއިއެކު ކުރައްވާ މަޝްވަރާތަކުގެ ތެރެއިން ކުރިޔަށްގެންދިޔަ މަޝްވަރާއެކެވެ. އެގޮތުން ފާއިތުވި ހަފްތާގެ ތެރޭގައި ވަޒީރު ވަނީ އިންޑިއާ، ޗައިނާ އަދި ޕާކިސްތާނުގެ ސަފީރާއިއެކުވެސް ދިފާއީ ދާއިރާއާއި ގުޅޭ މަޝްވަރާތައް ކުރިޔަށް ގެންގޮސްފައި އެވެ.
ގުޅުންހުރި

ދިފާޢީ ދާއިރާއިން އެމެރިކާއާއިއެކު އެއްބާރުލުން އިތުރު ކުރުމަށް މަޝްވަރާކޮށްފި

ރާއްޖެއާއި އެމެރިކާއާ ދެމެދު ތިމާވެށީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

ރާއްޖޭގެ ސަރަހައްދުގައި ގަވައިދާ ޚިލާފަށް މަސްވެރިކަން ކުރުން ހުއްޓުވުމަށް ގުޅިގެން މަސައްކަތްކުރުމަށް އެމެރިކާއާއި އެކު މަޝްވަރާ ކޮށްފި




