.jpg&w=3840&q=75)
އިހްސާނުގެ ވަރުގަދަ ރައްދެއް ކުރީގެ އުއްތަމަ ފަނޑިޔާރު ދީދީއަށް: "އަޅުގަނޑު މަޤާމުގެ މަސްއޫލިއްޔަތު އަދާކުރަނީ މަނިކުފާނު އުއްތަމަ ފަނޑިޔާރުކަން ކުރެއްވިގޮތަކަށް ނޫން"
# އަލީ އިހްސާން-
އަދަދު ނޫހުން ގެނެސްދިން އައިޝާ ޑޮކިއުމެންޓްރީއާ ގުޅިގެން ފުލުހުން ކުރިއަށްގެންދާ ތަޙުޤީޤަށް ދާޚިލީ ވަޒީރު ޢަލީ އިޙުސާން ނުފޫޒު ފޯރުވަމުންދާކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙުމަދު ޢަބްދުﷲ ދީދީ ކުރެއްވި ތުހުމަތުތަކަށް ވަޒީރު އިހްސާން ރައްދު ދެއްވައިފި އެވެ.

އިއްޔެ އެކްސްގައި ނެރުއްވި ބަޔާނެއްގައި ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ފުލުހުންގެ އިދާރާއަކީ ހޯމް މިނިސްޓަރުގެ ބެއްލެވުމުގެ ދަށުން ހިންގާ މުއައްސަސާއެއް ނަމަވެސް އެއްވެސް ތަހުގީގަކަށް ނުފޫޒު ފޯރުވުމުގެ ބާރު މިނިސްޓަރަށް ލިބިފައިނުވާ ކަމަށެވެ. މިގޮތުން، ޑޮކިއުމަންޓްރީގެ ތަހުގީގަށް އިހުސާން ނުފޫޒު ފޯރުވާކަން އޭނާ ސޯޝަލްމީޑިއާގައި ކުރައްވާފައިވާ ޕޯސްޓުތަކުން އެނގޭ ކަމަށާއި އެހެންވެ، އެ ތަހުގީގު މިނިވަންކަމާއި ނަޒާހަތްތެރިކަމާ އެކު ހިންގުމަށް ފުލުހުންނަށް ލިބުމަކީ ދުރު ކަމެއް ކަމަށް ދީދީ ވިދާޅުވިއެވެ.
އެއާއެކު، އެ ޑޮކިއުމަންޓްރީގެ ތަހުގީގު ނަޒާހަތްތެރިކަމާއެކު ހިންގުމުގެ ގާބިލުކަން ކަމާ ބެހޭ މުއައްސަސާތަކަށް ލިބިފައިނުވާނަމަ، އެ މައްސަލަ ތަހުގީގު ކުރުމަށް ޚާއްސަ އިންވެސްޓިގޭޓަރެއް އައްޔަނުކުރުން މުހިންމު ކަމަށް ދެކިވަޑައިގަންނަވާ ކަމުގައި ދީދީ ވިދާޅުވިއެވެ.
މިކަމަށް ރައްދު ދެއްވައި މިއަދު އެކްސްގައި ކުރެއްވި ކުރި ޕޯސްޓެއްގައި ވަޒީރު އިހްސާން ވިދާޅުވީ ޖިނާއީ ތަޙުޤީޤު ހިންގުމަށް ޤާނޫނުން މަތިކޮށްފައިވާ ފުލުހުންގެ އިދާރާޔަކީ ދާޚިލީ ވަޒީރުގެ ބެލުމުގެ ދަށުން ހިނގަމުންދާ މުއައްސަސާއަކަށް ވީނަމަވެސް، ފުލުހުންގެ މުއައްސަސާއިން ހިނގަމުންދާ އެއްވެސް ތަޙުޤީޤަކަށް ސީދާކޮށް ވިޔަސް އަދި ނުސީދާކޮށް ވިޔަސް ނުފޫޒުފޯރުވުމުގެ ބާރު ލިބިގެންނުވާ ކަމަށާއި އެހެންކަމުން އެބާރު ބޭނުންފުޅު ނުކުރައްވާ ކަމަށެވެ.
އަދި އަދި މިހާތަނަށް ތަހުގީގަކަށް ސީދާކޮށްވެސް އަދި ނުސީދާކޮށްވެސް އެފަދަ ނުފޫޒު ފޯރުވާފައި ނުވާނެ ކަމުގެ ޔަގީންކަން ދެއްވައި ވަޒީރު ވިދާޅުވީ " އަޅުގަނޑު މަޤާމުގެ މަސްއޫލިއްޔަތު އަދާކުރަނީ މަނިކުފާނު އުއްތަމަ ފަނޑިޔާރުކަން ކުރެއްވިގޮތަކަށް ނޫން " ކަމަށެވެ.
ގުޅުންހުރި
.jpg&w=3840&q=75)
އިހްސާނުގެ ވަރުގަދަ ރައްދެއް ކުރީގެ އުއްތަމަ ފަނޑިޔާރު ދީދީއަށް: "އަޅުގަނޑު މަޤާމުގެ މަސްއޫލިއްޔަތު އަދާކުރަނީ މަނިކުފާނު އުއްތަމަ ފަނޑިޔާރުކަން ކުރެއްވިގޮތަކަށް ނޫން"

މަސައްކަތް ކުރާނީ މަސައްކަތްތެރިން ބާރުވެރިކުރުވައި ހައްގުތައް ހޯދައިދިނުމަށް: އިޙްސާން

ދަސްވެނިންގެ އަތްމައްޗަށް މި ދޫކޮށްލެވުނީ ރައްޔިތުންގެ ސަލާމަތާ ގުޅިފައިވާ އިލްމީ އަމާނާތެއް: ސީޕީ




